ކީރިތި ޤުރުޢާނަށް ފަހު އެންމެ ޞައްހަ ދެފޮތުގެ ތެރެއިން، ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޙަދީޘުފުޅުތައް ލިޔެވިފައިވާ އެއްފޮތް ކަމުގައިވާ "ޞަޙީޙުލް ބުޚާރީ" ގެ ފުރަތަމަ ޖިލްދުގެ ދިވެހި ތަރުޖަމާ މިމަހު 14 ވާ ހުކުރު ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީން ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފި އެވެ.
މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ އެރޭ އިސްލާމީ މަރުކަޒުގައެވެ. އަދި އެރޭ 21:30 ގައި އިސްލާމީ މަރުކަޒުގައި ހެޔޮ އަގެއްގައި މިފޮތް ވިއްކާނެ ކަމަށާއި އެގޮތުން، އެރެއަށް ޙާއްޞަކުރެވިފައިވާ އަގަކީ 175.00 ރ. (ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިފޮތް ތައްޔާރުކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައްޝައިހް ފައްޔާޟް ޢަލީ މަނިކު އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...