ދިއިސްލާމް ފަލަސްތީނު އދ ގެ މެމްބަރަކަށް ހެދުމަށް ޤާނޫނީ ކޮމިޓީން ބަލަމުން އެބަދޭ - އދ. ފަލަސްތީނުގެ މަންދޫބު

ފަލަސްތީނު އދ ގެ މެމްބަރަކަށް ހެދުމަށް ޤާނޫނީ ކޮމިޓީން ބަލަމުން އެބަދޭ - އދ. ފަލަސްތީނުގެ މަންދޫބު

ފަލަސްތީނު އދ ގެ މެމްބަރަކަށް ހެދުމަށް ޤާނޫނީ ކޮމިޓީން ބަލަމުން އެބަދޭ - އދ. ފަލަސްތީނުގެ މަންދޫބު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ. ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޒް އަލްމާލިކީ

ފަލަސްތީނު އދ ގެ މެމްބަރަކަށް ހެދުމަށް ޤާނޫނީ ކޮމިޓީން ބަލަމުން އެބަދާކަމަށް ރިޔާޒް އަލްމާލިކީ ވިދާޅުވެއްޖެއެވެ.

 

އދ. ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޒް އަލްމާލިކީ  ހާމަކުރައްވާފައިވާ ގޮތުގައި "ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލައިގެ ޤާނޫނީ ޙައިޘިއްޔަތު ބެލުމަށްޓަކައި ކަމާބެހޭ ޤާނޫނީ ކޮމިޓީގެ ބައްދަލުވުމެއް  ބާއްވާފައިވާ ކަމަށާއި ސަލާމަތީ މަޖިލީހުން ވޯޓަކަށް ދާނީ މެންބަރުކަން ދިނުމުގެ މައްސަލަ ޤާނޫނީ ގޮތުން ބަލައި ދިރާސާ ކުރާ ކޮމިޓީން މިކަން ބެލުމަށްފަހުގައި" ކަމަށެވެ.

 

އދ ގެ އާއްމު ބައްދަލުވަމަށް ވަޑައިގެން ފަލަސްތީނަކީ އދ ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބަލައިގަތުމަށް ހުށައެޅުމުން އެމެރިކާ އާއި އިޒްރާއިލުން ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އަދި އެކަމާއި ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެމެރިކާ ބުނެފައިވާއިރު އިޒްރާއިލުން ބުނެފައިވަނީ އދ ގެ މެމްބަރުކަމަށް ފަލަސްތީނުން އެދޭ ހިސާބުން ފަލަސްތީނަށް އަދަބު ލިބެންފަށާނެ ކަމަށެވެ.

 

އދ.ގެ ފުރިހަމަ މެންބަރު ކަމަށް އެދި ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލަ ޤާނޫނީ ކޮމެޓީއަށް ފިނުވާފައިވަނީ ސަލަމާތީ މަޖިލީހުން ބޭއްވި ޖަލްސާ އިން ނިންމުމާއި ގުޅިގެންނެވެ. ފަލަސްތީނުން މިނިވަން ދައުލަތަށް މަސައްކަތް ކުރަމުންދާއިރު އދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 127 ގައުމަކުން ވަނީ 1967 ވަނަ އަހަރުގެ އިމުގެ ތެރޭގައި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.