ދިއިސްލާމް އެމެރިކާގެ ގްރީންކާޑް ލޮޓަރީއަށް ރަޖިސްޓްރީ ކުރުމަށް ކުރެވެމުންދާ މަސައްކަތާއި ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި

އެމެރިކާގެ ގްރީންކާޑް ލޮޓަރީއަށް ރަޖިސްޓްރީ ކުރުމަށް ކުރެވެމުންދާ މަސައްކަތާއި ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި

އެމެރިކާގެ ގްރީންކާޑް ލޮޓަރީއަށް ރަޖިސްޓްރީ ކުރުމަށް ކުރެވެމުންދާ މަސައްކަތާއި ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވަޒީފާއަށާއި ކިޔެވުމަށް އަދި ބޭސްފަރުވާ ފަދަ ބޭނުންތަކަށް އެމެރިކާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެމެރިކާގެ ރަށްވެހިކަން ލިބޭ ގްރީން ކާރޑަށް ރަޖިސްޓްރީ ކުރުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކާއި ދެކޮޅަށް ބަޔަކު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނަށް އެޑްރެސްކޮށް ސަތޭކަހަތް މީހުން ސޮއިކޮށްފައިވާ މި ޕެޓިޝަނުގައި "ޔޫއެސް ގްރީން ކާޑް ލޮޓަރީން" ނުރަނގަޅު މަގްސަދެއް އޭގެ އަނެއް ފަރާތުގައި ވާކަމަށާއި މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ ގްރީން ކާޑްގެ މަޢުލޫމާތު ދިނުމާއި ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ހުއްޓުވައި ދިނުމަށް އެދިފައިވެއެވެ. އދި މިއީ އެކި ސިފަސިފައިގައި ރާއްޖޭގައި ޖުވާ ކުޅުން ތަޢާރަފް ކުރުމަށް ޣައިރު މުސްލިމުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ބޮޅެއްކަމަށް ވެސް މި ޕެޓިޝަނުގައި ސިފަކޮށްފައިވެއެވެ.

"ޑައިވާސިޓީ އިމިގްރަންޓް ވިސާ ލޮޓަރީ ޕްރޮގޮރާމް 2013 " ނަމުގައި ލަންކާގައި ހުންނަ ޔޫއެސް އެމްބަސީގެ ފަރާތުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އައްޑޫ ސިޓީއާއި މާލެ ސިޓީ ދަރުބާރުގޭގައި ވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.

އެމެރިކާގެ އެމްބަސީގެ ވިސާއާއި ބެހޭ ބައިގެ އިސްވެރިޔާ ވިލިއަމް ޑޮވާ ވިދާޅުވީ ގްރީން ވިސާގެ ލޮޓަރީއަށް ހިލޭ ހުށަހެޅުނު ނަމަވެސް ގްރީން ކާޑަށް ހޮވޭ ނަސީބްވެރިން ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ބައިލައްކަ ކާޑަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވާ މި ގްރީން ކާޑް ހޯދުމަށް އިންޓަނެޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރާނަމަ ވަކިވަރަކަށް ޑޮލަރު ދައްކަން ޖެހެއެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ތެރެއިން ގްރީންކާޑް ލިބޭނީ ލޮޓަރީ ޑްރޯގެ ތެރެއިން ރެންޑަމް ކޮށް ހޮވާލާ މީހުންނަށެވެ.

ގްރީން ކާޑު ލޮޓަރީގައި ބައިވެރި ވުމަށް ނޮވެމްބަރު މަހުގެ 4 އިން 5 އަށް ފުރުސަތު ހުޅުވާލުމަށް ނިއްމާފައިވާ އިރު މަޢޫލޫމާތު ދިނުމުގެ ބައްދަލު ވުންތަކަށް އައްޑޫ އާއި މާލެ ސިޓީއިންވެސް ގޮސްފައިވަނީ 50 އަށް ވުރެ މަދު އަދަދެއްގެ އާއްމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޓެގް

ގްރީންކާޑް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.