ދިއިސްލާމް "ދިއިސްލާމް ދީނީ ސުވާލު މުބާރާތް 1432" ގެ ނަތީޖާ ރޭޑިއޯ އެޓޯލް އިން ގެނެސްދެނީ

"ދިއިސްލާމް ދީނީ ސުވާލު މުބާރާތް 1432" ގެ ނަތީޖާ ރޭޑިއޯ އެޓޯލް އިން ގެނެސްދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް އާއި ރޭޑިއޯ އެޓޯލް ގުޅިގެން ވޭތުވެދިޔަ ރަމަޟާން މަހު ބޭއްވި "ދިއިސްލާމް ދީނީ ސުވާލު މުބާރާތް 1432" ގެ ނަތީޖާ ރޭޑިއޯ އެޓޯލް އިން މިހާރު ކުރިއަށްދާ "ރައްޔިތުންގެ މެސެޖް" ޕްރޮގްރާމްގައި ގެނެސްދެވެނޭއެވެ.

މި މުބާރާތުގައި ރޭޑިއޯ އެޓޯލް މެދުވެރިކޮށް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އެއް ސުވާލު އެހުންތެރިންނަށް ހުށަހެޅުނެވެ. މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޖިލްބާބް އާއި ރާދަ ބުކް ޝޮޕުންނެވެ. މުބާރާތުގެ އެއް ވަނަ އަށް އިނާމުގެ ގޮތުގައި ޖިލްބާބުން ހުށަހަޅާ ޕެން ޤުރުއާނަކާއި ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދު ހިލޭ ދެވޭނެއެވެ. ދެވަނަ އަށް ރާދަ ބުކްޝޮޕުން ހުށަހަޅާ 750 ރުފިޔާގެ ވައުޗަރ އަކާއި ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދު ހިލޭ ދެވޭނެއެވެ. އަދި ތިން ވަނަ އަށް ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދު ހިލޭ ދެވޭނެއެވެ.

ޓެގް

ދިއިސްލާމް ރޭޑިއޯ އެޓޯލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.