ގައްޒާއަށް އިސްރާއިލުން ދެމުންދާ ވައިގެ ހަމަލާތަކުގައި ދެ ދުވަހުގެ ތެރޭގައި 16 ގައްޒާގެ ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ.
ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި އިސްރާއިލުން ދެމުންދާ ލާ އިންސާނީ މި ހަމަލާތަކުގައި ފަސް އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ހަމަލާތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުންނަށް އެކި ވަރުގެ ޒަޚަމްތަށް ލިބިފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުން އިސްރާއިލުން މި ލާ އިންސާނީ ހަމަލާތަށް ދޭން ފަށައިފައިވަނީ މި ދިޔަ ބުރާސްފަތި ދުވަހެއެވެ. އަދި މި ހަމަލާތަށް ދޭން ފަށައިފައި މިވަނީ ރެޑް ސީ ރިސޯޓް ޓައުން ކައިރީގައި އިސްރާއިލްގެ 8 ރައްޔިތުން މަރާލުމާ ގުޅިގެން ކަމަށް ޚަބަރުތައް ބުނެއެވެ. އެ ހަމަލާގެ ފަހަތުގައިވަނީ ގައްޒާގެ މިލިޓަރީ ގްރޭޕެއްކަމަށްވާ " ޕޮޕިއުލަރ ރެސިސްޓެންސް ކޮމިޓީ" ކަމަށް އިސްރާއިލުގެ އޮފިސަލުން ވަނީ ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން އިސްރާއިލުން ވަނީ ގައްޒާއަށް ހަމާލާދޭނެކަމަށް ވެސްބުނެފައެވެ.
އިސްރާއިލުން އަބަދުވެސްދަނީ ކުށެއް ނެތް އެތެއް ބަޔަކަށް އެކި ގޮތްގޮތުން އަނިޔާވެރިވަމުންނެވެ. ގައްޒާގެ އާއްމުންގެ މުދަލަށާއި ފުރާނައަށް ގެއްލުންތައް ދެމުންނެވެ އަދި މުސްލިމުންނަށް ފުރައްސާރަކޮށް ދަތި އުނދަގޫތަށް ދެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...