ގައްޒާގައި، މުވާސަލާތީ ބޭނުންނަތަކަށް އަޅާފައިވާ ކޭބަލް ތަކަށް އިޒްރޭލުން ގެއްލުން ދީ، މުވާސަލާތުކުރުމުގެ ހުރިހާ މަގެއް މިވަގުތު ގައްޒާގައި މިވަގުތު ބަންދުވެފައި ވާކަމަށް މީޑިއާ ރިޕޯޓުތައް ބުނަމުން އެބަދެއެވެ.
ޕްރެސް ޓީވީން ޚަބަރު ދޭ ގޮތުން، މުވާސަލާތީ ބޭނުންތަކަށް ވަޅުލާފައިވާ ކޭބަލް ތަކަށް ގެއްލުން ދީފައިވަނީ، ގައްޒާގެ ބޯޑަރ ކައިރީ އަވަށެއް ކަމަށްވާ، ނަހަލް އޯޒްގައި މަސައްކަތް ކުރަމުން ދިޔަ އިޒްރޭލުގެ މިލިޓަރީ ބުލްޑޯޒާރ ތަކަކުންނެވެ. އެހެން ނަމަވެސް އިޒްރޭލުގެ މިލިޓަރީން އަދި އަންނަނީ މިވާހަކަތައް ދޮގު ކުރަމުންނެވެ.
އަންގާރަދުވަހުގެ މި ހާދިސާ އަށް ފަހު، ހަމާސްގެ ބެލުމުގެ ދަށުގައި އޮންނަ ގައްޒާއަށް ގުޅުމަށް ކޮށްފައިވާ ހުރިހާ މަސައްކަތެއް ނާކާމިޔާބު ވެފައި ވާކަމަށް ނޫސްތަކުން ޚަބަރު ދެއެވެ. ފަލަސްޓީނިއަން ޓެލެކޮމް ނެޓްވާކް (ޕަލްޓެލް) އުން ހާމަކުރާ ގޮތުގައި، ގެއްލުން ދީފައިވާ ކޭބަލްތައް މަރާމާތު ކުރެވޭނީވެސް އިޒްރޭލުން އެކަން ކުރުމަށް ހުއްދަ ދިނުމުންނެވެ. ނަމަވެސް އަދި އެ ހުއްދަ ލިބިފައި ނުވާކަމަށް އެ ފަރާތުންވެސް ވަނީ ހާމަކޮށްފައެވެ.
2007 ވަނަ އަހަރު، ގައްޒާގެ ރައްޔިތުންގެ ވޯޓަކުން ހަމާސް ވެރިކަމަށް އައުމާއެކު، އިޒްރޭލުން ވަނީ ގައްޒާއަށް ތަފާތު ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވަން ފަށާފައިވެ. އެގޮތުން ގިނަ އަސާސީ ހިދުމަތްތަކަކުންވެސް ގައްޒާގެ ރައްޔިތުން ވަނީ މަހުރޫމްކުރެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...