މާތް ވެގެންވާ ރަމަޟާން މަސް ފެށުމާއި އެކު، ކުވައިތުގައި ދިރިއުޅެމުންދާ ތަފާތު ޤައުމުތަކުގެ 195 މީހުން އިސްލާމްދީނަށް ވަދެފިކަމުގައި ކުވައިތުގެ އިސްލާމް ޕްރެޒެންޓޭޝަން ކޮމިޓީ(لجنة التعريف بالإسلام ނުވަތަ އިސްލާމްދީނަށް ގޮވާލާ ކޮމިޓީ) އިން ހާމަކޮށްފިއެވެ.
މާތްﷲގެ ރަޙްމަތްފުޅުން މިހާ ގިނަ ބަޔަކު އިސްލާމްދީނުގެ ތެދުމަގު ލިބިގަނެފައިވަނީ، ކުވައިތުގެ ތަފާތު ހިސާބުތަކުގައި ޤާއިމްކުރެވިފައިވާ މިކޮމިޓީގެ އޮފީސްތައް މެދުވެރިވެގެންކަމުގައި ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލް ޖަމާލް އައް ޝައްތީ ވިދާޅުވެފައިވެއެވެ. މިމާތް މައްސަރު ވަކިވުމުގެ ކުރިން ވީހާ ގިނަ ބައެއްގެ ހިތްތަކަށް އިސްލާމް ދީނުގެ ނޫރުން އަލިކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ޤައުމީ ފެންވަރުގަ އާއި ބައިނަލް އަޤްވާމީ ފެންވަރުގައި މާތް ވެގެންވާ އިސްލާމްދީނަށް ޚިދުމަތްކުރުން. އަދި ދީނަށް ގޮވާލާ، އަލަށް ދީނަށް ވަންނަ މީހުންނާއި މުޖުތަމަޢުތަކުގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ވީހާ ގިނަ ދާޢީންތަކެއް ތައްޔާރުކުރުން." އޭނާ އިތުރަށް އަލިއަޅުއްވާލެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...