އަފްޣާނިސްތާނުގެ ރައީސް ކަރުޒާއީގެ ކޮއްކޮ އަހުމަދު ވަލީ ކަރުޒާއީގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އެތަނަށް ބޮމުގެ ހަމަލާއެއްދީފިއެވެ. މި ޖަނާޒާ ކުރިޔަށް ގެންގޮސްފައިވަނީ ދެކުނު ކަންދަހާރުގެ އަވަށެއްގައިވާ މިސްކިތެއްގައެވެ.
ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މި ހަމަލާގައި ހަތަރު މީހުން މަރުވެފައިވެއެވެ.އަދި މީގެއިތުރުން 13 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަޙަމްތައް ލިބިފައެވެ. އެ ސަރަހައްދުން މަރުވެފައިވާ އަދި ޒަހަމްވެފައިވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރިޔަށެވެ.
އަފްޣާނުގެ އިންޓީރިޔާ މިނިސްޓްރީގެ ސްޕޯކްސް ޕާރސަން ސިއްދީޤް ސިއްދީޤީ ވަނީ މިހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ.
އަހުމަދު ވަލީ ކަރުޒާއީ އަވަހާރަކޮށްލައިފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި އަހުމަދު ވަލީ ކަރުޒާއީ އަވަހާރަކޮށްލީ އޭނާގެ ގޭގައި އުޅެނިކޮށް ވަރަށް ސިއްރުވެރި ގޮތަކަށެވެ. މީގެއިތުރުން ވަލީ އަވަހާރަކޮށްލީ އޭނަގެ ބޮޑީ ގާޑެއްކަމަށް ބައެއް ހަބަރުތައް ބުނެއެވެ. ވަލީ އަވަހާރަކޮށްލީ އޭނަގެ ބޮޑީ ގާޑެއް ކަމަށް ބުނަމުންދާއިރު އަފްޣާނުގެ އިންޓެލިޖެންސް އޮފިސަލުންވަނީ އެކަން ދޮގުކޮށްފައެވެ..
އަހުމަދު ވަލީ ކަރުޒާއީ އަކީ ކަންދަހާރުގެ ޕޮރޮވިންސަލް ކައުންސިލްގެ ވެރިޔާއާއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...