އެމެރިކާއާއި މެދު ޕާކިސްތާނުގައި އޮންނަ ނުރަނގަޅު ވިސްނުން ބަދަލުކުރަން މަސައްކަތްކުރާނެކަމަށް އޮބާމާ ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގެ ތެރޭގައި އޮބާމާވަނީ ޕާކިސްތާނުގައި އެމެރިކާގެ 'ސޫރަ ހުތުރު'ވެފައިވާތީ އެކަމާއި ކަންބޮޑުވެ އެކަން ހައްލުކުރަން މަސައްކަތްކުރާނެކަމަށް ހާމަކޮށްފައެވެ. އޮބާމާ އިތުރަށް ހާމަކުރެއްވިގޮތުގައި، 'ޕާކިސްތާނުގައި އެމެރިކާގެ އޮފިޝަލުން ތިބޭ އޮފީހަކަށް މިދިޔަ ހަފްތާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން އަމަލުކޮށްފައިވާ ގޮތާމެދު ހިތްހަމަޖެހޭ'ކަމަށެވެ.
މިބައްދަލުވުމުގައި އޮބާމާއަކީ 'ޕާކިސްތާނުގެ ދެކެ ލޯބިވާ' މީހެއްކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
އެމެރިކާއަށް ޕާކިސްތާނުގެ އެތެރެއިން ތަފާތު ދުއްތުރާތައް އާންމުންނާއި މުޖާހިދުންގެ ފަރާތުންދަނީ ކުރިމަތިވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...