އަރަބިދުނިޔެ އިސްރާއިލްގެ ސިފައިން އަލް މަސްޖިދުލް އަޤްޞާއަށް ހަމަލާދީފި.

އިސްރާއިލްގެ ސިފައިން އަލް މަސްޖިދުލް އަޤްޞާއަށް ހަމަލާދީފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރުމަށް ތިބި ފަލަސްތީނުގެ ބަޔަކަށް ކަރުނަ ގޭހާއި ބަޑި ބޭނުންކޮށްގެން ހަމަލާދީފިއެވެ.

ސިފައިން މަސްޖިދުލް އަޤްޞާ ހިމެނޭ ސަރަހައްދަށްވަނީ އެތަނުގައި އަޅުކަން ކުރަން ތިބި މީހުން އިސްރާއިލްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސިފައިނާ ދިމާއަށް ގައު އުކުމުން ކަމަށް އިސްރާއިލްގެ ސިފައިންގެ ސްޕޯކްޕާރސަން އާއި ޙަވާލާދީ ޕްރެސް ޓީވީން ހާމަކުރެއެވެ. ސްޕޯކްޕާރސަން އެ މީހުން ގައު އުކަން މެދުވެރިވީ ސަބަބެއް ހާމައެއް ނުކުރެއެވެ.

މަސްޖިދު ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އިސްލާމިކް އޮތޯރިޓީގެ ސްޕޯކްޕާރސަން ހާމަކުރިގޮތުގައި އެކެއް ނުވަތަ ދެ ޒުވާނަކު ގައު އުކިއެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ތިން މީހަކު ހައްޔަރު ކުރިކަމަށް ރިޕޯޓްކުރެވިފައިވެއެވެ. އަދި އެއްވެސް މީހަކު ޒަޙަމްވިކަމަކަށް ރިޕޯޓްކުރެވިފައެއްނުވެއެވެ.

ޙައްޤަކާނުލާ ފަލަސްތީނުގެ ރައްޔިތުންގެ ބިން ފޭރިގަނެގެން އުޅޭ އިސްރާއީލްގެ ސިފައިން ދަނީ އެކި ގޮތްގޮތަށް ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުންނަށް އަނިވާވެރިވަމުންނެވެ. އަދި އެމީހުންދަނީ އެކި ގޮތްގޮތުން އިސްލާމްދީނަށް ފުރައްސާރަކުރުމަށް މަސައްކަތްކުރަމުންނެވެ.

ޓެގް

ސިފައިން މަސްޖިދުލް އަޤްޞާ އިސްރާއިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.