ދުނިޔެ ބޮމުގެ ހަމަލާއެއްގައި އިސްތިއުމާރީންގެ 4 ސިފައިން މަރުވެއްޖެ.

ބޮމުގެ ހަމަލާއެއްގައި އިސްތިއުމާރީންގެ 4 ސިފައިން މަރުވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

ދެކުނު އަފްގާނިސްތާނުގައި ތާލިބާނުން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއެއްގައި އަފްގާންގައި ހަރަކާތްތެރިވާ އިސްތިއުމާރީ ސިފައިންގެ 4 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

މަގެއްގެ އަރިމަތީ ބޮން ހަރުކޮށްގެން ދީފައިވާ މި ހަމަލާގައި މަރުވެފައި ވާ ސިފައިން، ނިސްބަތްވާ ޤައުމުތައް ނޭޓޯއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ދެކުނު އަފްގާންގައި ގިނައިން ހަރަކާތްތެރިވަމުން ދަނީ އެމެރިކާއާއި، އިނގިރޭސް ވިލާތުގެ ސިފައިންގެ ފައުޖުތަކެވެ.

އިއްޔެގެ މި ހަމަލާގައި މަރުވި އިސްތިއުމާރީންގެ 4 ސިފައިންނާއެކު، މިއަހަރުގެ މިހާތަނަށް ތާލިބާނުންގެ ހަމަލާތަކުގައި މަރުވި ސިފައިންގެ އަދަދު ވަނީ 176 ކަށް އަރާފައެވެ. ތާލިބާނުން ދެމުން ގެންދާ ހަމަލާތައް ފަހަކަށް އައިސް ވަރުގަދަ ކޮށްފައިވުމުން ކުރިޔަށް އޮތް ތަނުގައި އިސްތިއުމާރީންނަށް އަމާޒުކޮށް އަފްގާނިސްތާނުގައި ދެވޭ މިފަދަ ހަމަލާތައް ގިނަވެ، މަރުވާ ސިފައިންގެ އަދަދު އިތުރުވެގެން ދާނެކަމަށް މިހާރު ވަނީ ބެލެވެން ފަށައިފައެވެ.

ނިމިގެން ދިޔަ އަހަރު އަފްގާނިސްތާނުގައި މަރުވި އިސްތިއުމާރީ ސިފައިންގެ 710 މީހުންނާއެކު، 2010 ވަނަ އަހަރު ވެގެންގޮސްފައިވަނީ އެމެރިކާ، ކުރަމުން ދާ އެންމެ ދިގު ހަނގުރާމައިގައި، އެންމެ ގެއްލުން ބޮޑު އަހަރަށެވެ. އަފްގާނިސްތާނުގައި މިހާރުވެސް އިސްތިއުމާރީ ސިފައިންގެ 150000 ސިފައިން ހަރަކާތްތެރިވަމުން ދެއެވެ.

ޓެގް

އަފްޣާނިސްތާން ހަމަލާ ފޮޓޯއިން ޚަބަރު އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.