ދުނިޔެ މިސްރުގައި އަނެއްކާވެސް އިޒްރޭލާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކޮށްފި!

މިސްރުގައި އަނެއްކާވެސް އިޒްރޭލާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކޮށްފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

މިސްރުގެ ވެރިކަން ބަދަލު ކޮށްލުމަށްޓަކައި އެތަށް މިލިއަން ބަޔަކު އެއްވި ތަހްރީރު މައިދާނަށް ގިނަ ބަޔަކު އެއްވެ އިޒްރޭލާއެކު އޮންނަ ގުޅުންތައް ކަނޑާލުމަށް ގޮވާލާ އިއްޔެ މުޒާހަރާކޮށްފިއެވެ.

"މިލިއަން މޭން މާޗް" ގެ ނަމުން ނަންދެވިފައިވާ މި މުޒާހަރާ ދިމާވެފައިވަނީ އިސްރޭލުން ފަލަސްޠީނު އަޅުވެތިކުރިފަހުން،62 އަހަރު ފުރޭ ދުވަހާއެވެ. މިހާރުގެ ސަރުކާރުން މިސްރާއެކު އޮންނަ ގުޅުންތައް ކަނޑައި ނުލައިފި ނަމަ ކުރިޔަށް އޮތް ތަނުގައި ބޮޑެތި އެއްވުންތަކެއް ފެނިގެން ހިނގައިދާނެކަމަށް އެއްވުމުގެ ބައިވެރިން ބުނެފައިވާކަމަށް ޕްރެސް ޓީވީން ޚަބަރު ދެއެވެ.

އިއްޔެ ވެރިރަށް ކެއިރޯގައި މުޒާހަރާކުރަމުން ދިޔަ އިރު، އެހެން އަވަށެއްކަމުގައިވާ އަލެކްސެންޑްރިއާގައި ހުންނަ އިޒްރޭލުގެ ކޮންސުލޭޓް ދޮށައެއް ގިނަ ބަޔަކު އެއްވެ ތެލް އަވީވާއެކު އޮންނަ ގުޅުންތަކަށް ނިމުމެއް ގެނައުމަށާއި، ގައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްވެސް އަޑު އުފަލަމުން ގޮސްފައިވެއެވެ.

މިސްރުގެ ސިޔާސީ ޕާޓީތަކުން ބުނަމުން ދާ ގޮތުގައި، ގައްޒާ ހިޞާރުކޮށްފައި ބޭއްވުމުގައި މިސްރުން އެހީތެރިވުމަކީ އެމެރިކާއަށާއި، އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާކަމަށެވެ.

މިސްރުން އިޒްރޭލާއެކު އޮންނަ ހުރިހާ ގުޅުމެއް ހަމަ ވަގުތުން ކަނޑާލުމަށް ގޮވާލާ ނިމިގެން ދިޔަ މަހު ފަހުކޮޅުވެސް ވަނީ ކެއިރޯގައި މުޒާހަރާއެއް ކޮށްފައެވެ.

ޓެގް

މިސްރު މުޒާހަރާ އަރަބި ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.