އިންޑޮނޭޝިޔާގެ އެންމެ މަޝްހޫރު ޢިލްމުވެރިޔާ އުސާމާ ބިން ލާދިންއަށް ތަޢްރީފްކުރައްވައިފި
އިންޑޮނޭޝިޔާގެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިވަޑައިގެންފައިވާ ދީނީ ޢިލްމުވެރިއެއްކަމުގައިވާ އަބޫ ބަކްރު ބަޝީރު، ޝައިޚް އުސާމާ ބިން ލާދިންއާ މެދު ތަޢްރީފުގެ ބަސްތަކެއް ވިދާޅުވެއްޖެއެވެ. މިއަދު ޝައިޚް ބަޝީރު ވިދާޅުވެފައިވާ ގޮތުގައި ޝައިޚް އުސާމާ އަކީ މުޖާހިދެއްކަމަށާއި، އެބޭފުޅާ އިސްލާމްދީނަށްޓަކާ ކުރެއްވި މަތިވެރި ޚިދުމަތްތަކާއި ޤުރުބާނީތަކުގެ ސަބަބުން ސުވަރުގެ ލިބިގެންދިޔުމަށް މަގުފަހިވާނެކަމަށެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ، އިންޑޮނޭޝިޔާގެ އެންމެ ހުޅަނގުގައި އޮންނަ އަޗޭ ސަރަޙައްދުގައި ޓެރަރިސްޓުން ތަމްރީނުކުރާ ކޭމްޕެއް ހިންގުމުގެ ތުހުމަތުގައި ޝައިޚް ބަޝީރުގެ މައްޗަށް ތުހުމަތުކުރެވި ޢުމުރަށް ޖަލަށްލުމަށް ޙުކުމްކުރުމަށް ގެނެވިފައިވަނިކޮށެވެ.
ޢުމުރުފުޅުން 72 އަހަރުގެ އަބޫބަކުރު ބަޝީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި "އެބޭފުޅާ (އެބަހީ، އުސާމާ) މަރާލެވި، އޭނާގެ މޫނު ހަލާކުކުރެވި، އަދި ކަނޑުފައްތާލެވުނު ޚަބަރަކީ ތެދެއްނަމަ، އެބޭފުޅާއަށް މާތް ﷲގެ ޙަޟްރަތުން މަތިވެރި ޤަދަރަކާއި މަތިވެރި ޢަޖުރެއް ލިބޭހުއްޓެވެ."
ޝެއިޚްއާއި ބިންލާދިންއާ އެއްވެސް ގުޅުމެއް އޮތްތޯ ނޫސްވެރިން އެހިކަމަށާއި އެކަމަށް ބޮލުގެ އިޝާރާތުން ނޫންކަމަށް ދެއްކެވުމަށްފަހު، މަޑުމަޑުން "ނޫނެކޭ" ވިދާޅުވެފައިވާކަމަށް އިންޑޮނޭޝިޔާގެ ނޫހެއްކަމަށްވާ ދަ ޖަކާރޓާ ޕޯސްޓުން މައުލޫމާތުދެއެވެ.
ޝެއިޚްގެ މައްޗަށް މި ތުހުމަތު ޘާބިތުކޮށްފައިވާ އިރު، މީގެ ކުރިން 2 ފަހަރަކު ވެސް ވަނީ ޝެއިޚްގެ މައްޗަށް މިފަދަ ތުހުމަތު ތަކެއް ކުރެވި ޘާބިތުނުވެފައެވެ. މިފަދަ ކޮންމެ ތުހުމަތަކަށްވެސް ޝެއިޚް ވަނީ އިންކާރުކުރައްވާފައެވެ. މިފަހަރު ޝެއިޚްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޓެރަރިސްޓް ކޭމްޕް ހެދުމާއި، އެއަށް ފައިސާގެ ގޮތުން އެހީވުމާއި، އެމީހުން ތަމްރީނުކުރުމުގެ ކުށެވެ. ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ޝެއިޚްގެ މަޤްޞަދަކީ އިންޑޮނޭޝިޔާގެ (މުސްލިމް) ރައީސް ސުސިލޯ ބަންގބަން ޔުދޮޔޯނޯ މަރާލުމެވެ.
ޝައިޚް ތަކުރާރުކޮށް ވިދާޅުވެފައިވަނީ، އެކަމުގައި ޝެއިޚްގެ ބައިވެރިވުމެއް ނުވާނެކަމަށާއި، ނަމަވެސް އެކަމުގެ މަޤްޞަދު ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ބާރލީގައި ގޮއްވާލި ބޮމުގެ ހާދިޘާއަށް ޢިޝާރާތްކުރައްވާ ކުރިން ޝެއިޚް ވިދާޅުވެފައިވަނީ އެމަކުގެ އަޑީގައިވަނީ ސީއައިޑީ ކަމަށެވެ.
ހުޅަނގުގެ ބާރުތައް ޖެހިލުންވާ މިފަދަ އިސްލާމީ ޝަޚްޞިއްޔަތުންގެ ބާރު ކަނޑުވާލުމަށް، ވިކިފައިވާ ސަރުކާރުތަކުން ދަނީ ތަފާތު "ތުހުމަތުތަކެއް" ދަނީ ކުރަމުންނެވެ. ނަމަވެސް އެކަމުގެ އަޑިގައިވަނީ ސީއައިޑީ އާއި މޮސާޑުކަމަށް ގިނަ މުސްލިމުންވެސް "ތުހުމަތު" ކުރަމުންދެއެވެ.
ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ޤައުމުކަމަށްވާ އިންޑޮނޭޝިޔާއަކީ ސެކިޔުލާރ ވެރިކަމެއްކުރާ ޤައުމެކެވެ.
ޝައިޚް ބަޝީރަކީ، ސުހާރޓޯގެ ސެކިޔުލާ ވެރިކަމުގެ ދުވަސްވަރު ދިމާވި ގޮންޖެހުންތަކުގެ ސަބަބުން އަމިއްލައަށް މެލޭޝިޔާއަށް އަރުވާލެވިގެން 17 އަހަރު ހުންނެވި ބޭކަލެކެވެ. އަދި އެއީ އިންޑޮނޭޝިޔާގެ އެންމެ ވަރުގަދަ ދީނީ ޖަމާޢަތްކަމުގައިވާ ޖަމާޢާ އިސްލާމިޔާގެ ބާނީވެސް މެއެވެ. އިންޑޮނޭޝިޔާގެ ގިނަ ބަޔަކު ޝެއިޚަށް ނިޞްބަތްކުރަމުންދަނީ "އުސްތާޛް އަބޫ" ގެ ލަޤަބުންނެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...