ސައިންސާއި ޓެކް ކޮޕީރައިޓްލޯއެއް ތަޢާރަފް ކުރާއިރު ދިވެހިން ހޭލުންތެރިވެފައިވަނީ ކިހާވަރަކަށްތޯ؟

ކޮޕީރައިޓްލޯއެއް ތަޢާރަފް ކުރާއިރު ދިވެހިން ހޭލުންތެރިވެފައިވަނީ ކިހާވަރަކަށްތޯ؟

ކޮޕީރައިޓްލޯއެއް ތަޢާރަފް ކުރާއިރު ދިވެހިން ހޭލުންތެރިވެފައިވަނީ ކިހާވަރަކަށްތޯ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާލާއިރު ދިވެހިރާއްޖެއަށް ކޮޕީރައިޓްލޯއެއް އަވަސް މުސްތަޤްބަލެއްގައި އައުމަކީ އެކަށީގެންވާ ކަމެކެވެ. ދޫދޫމަތިން އިވެމުންދާ ވާހަކަތަކަށް ބަލާލާއިރު 2011 ވަނަ އަހަރު ދިވެހިރާއްޖޭގައި ކޮޕީރައިޓްލޯއެއް ޤާއިމު ކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިކަމާއި މެދު އާންމުން ހޭލުންތެރި ވެފައިވަނީ ކިހާވަރަކަށްތޯއެވެ؟ އަދި މިކަމަށް ޢާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމާއި ބެހޭފަރާތްތަކުން ކުރަމުންދަނީ ކޮންމަސައްކަތެއްތޯއެވެ؟ ކޮޕީރައިޓްލޯއެއް ޤާއިމް ކޮށްފިނަމަ އެއްވެސް ބާވަތެއްގެ ސޮފްޓްވެއަރ އެއް، ލަވަސީޑިއެއް ފިލްމެއް އަދި މިނޫންވެސް މިބާވަތުގެ އެހެން އެއްޗެއް ނުގަނެ ބޭނުން ކުރުމަކީ މަނާކަމެކެވެ. މިއީގެ މާނައަކީ މިއީ ޤާނޫނީ ގޮތުން އަދަބު ލިބޭނެ ކުށަކަށް ވެގެންދިޔުމެވެ. ނަމަވެސް މިފަދަ ޤާނޫނަކާއި ޤަވައިދެއް ތަންފީޒުކުރާއި ދިވެހިން މިކަމަށް ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެކެވެ.

އާންމުގޮތެއްގައި ގޭތެރޭގައި ބޭނުންކުރާނެ ރަގަޅު ކޮންޕިއުޓަރ ސިސްޓަމެއް ގަންނަން ލިބޭނީ 9000ރ އަށެވެ. ކޮޕީރައިޓްލޯ އަތުވެއްޖެނަމަ، އެކޮންޕިއުޓަރ ބޭނުންކުރުމަށް އެއަށް އަޅަންޖެހޭ އޮޕްރޭޓިން ސިސްޓަމްގަންނަށް ޖެހެއެވެ. ރާއްޖޭގައި ވިންޑޯސް އެކްސްޕީ ގަންނަށް ލިބެނީ ގާތްގަނޑަކަށް 2500ރ އަށެވެ. ވިންޑޯސް ވިސްޓާއަދި ވިންޑޯސް 7 ގަންނަށް ލިބެނީ 3000ރ އަށެވެ. މިވަރުން އަދި ނިމުނީއެއް ނޫނެވެ. ބޭނުންވާނެ އޮފީސް ސޮފްވެއަރ ތަކާއި އެންޓިވައިރަސް އާއި އަދި އެހެނިހެން ސޮފްޓްވެއަރ ގަންނަށް ހަރަދުތަކެއް ހިނގާނެއެވެ. މިއީގެ މާނައަކީ އިތުރު އެތަކެއް ހާސްރުފިޔާއެއް ބޭނުންވާ ސޮފްޓްވެއަރ ގަތުމަށް ހަރަދުކުރަން ޖެހުމެވެ. މިފަދަ ހަރަދުތަކެއް ކުރުމަކީ އާދައިގެން ދިރިއުޅުމެއް އުޅެމުންދާ ބަޔަކަށް ޖެހޭނެ އިތުރު ތަކުލީފެކެވެ. ކުރަންޖެހޭނެ އިތުރު ހަރަދުތަކެކެވެ. ލިބޭއެއްޗަކުން ކިރިއާ ދެކޮޅު ޖެހިގެން އުޅޭނެ ބޭނުންކުރާނެ ސޮފްޓްވެއަރ ގަންނަށް ހަރަދު ކުރުމަކީ އިތުރު ކެކުޅުމެކެވެ.

ވުމާއި އެކު މިފަދަ ޤާނޫނެއް ތަންފީޒުކުރާއި އާންމުންގެ ހޭލުންތެރިކަން އިތުރު ކުރަންޖެހިއްޖެއެވެ. ހިލޭލިބޭ ސޮފްވެއަރ އާއި ބެހޭ މަޢުލޫމާތު އާންމުންނަށް ފޯރު ކޮށްދިނުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އަޅުގަނޑުދެކެމެވެ. އަދި ހަމަމިއާއި އެކު މިއީ ސަރުކާރުންވެސް ފުންކޮން ވިސްނަންޖެހިފައިވާ ކަމެއް ކަމަށް އަޅުގަނޑުދެކެވެ. އިވެމުންދާ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކަށް ބަލާލާއިރު ދަޢުލަތް މިހާރުވެސް ހިންގަމުންގެންދަނީ ދަރަނިވެރި ވެފައިވާ ބަޖެޓަކުންނެވެ. އާދެ އަޅުގަނޑުމެން ހާލަތު މިހެން އޮތްއިރު މީހުންގެ ހޭލުންތެރި ނުކުރުވާ މިޤާނޫނު ތަންފީޒު ކުރާނީ ކިހިނަކުން ހެއްޔެވެ. ހަމަޔަޤީނުންވެސް، ސަރުކާރުގެ އެކި އެކި އިދާރާ ތަކުގައި ބޭނުން ކުރަމުންދާ ކޮންޕިއުޓަރ ތަކުގެ އަދަދު ހާހުން ގުނާލެވޭއިރު ކޮޕީރައިޓްލޯއެއް އަތުވެއްޖެނަމަ ބޭނުންކުރާ ސޮފްޓްވެއަރގެ ހަރަދު ބަރަދު ގުނާލަން ޖެހޭނީ އެތަކެއް މިލިޔަން ރުފިޔާއިންނެވެ. ޤައުމުގެ މާލީ ހާލަތު މިހާދަށްވެފައިވާ ދުވަސް ވަރެއްގައި މިއީ ދަޢުލަތައް ކުރެވިދާނެ ހަދަރެއް ކަމާއި މެދު އަޅުގަނޑު ޝައްކުކުރަމެވެ.
ކަންމިހެން އޮތްއިރު އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެންމެ މުހިންމު ދަޢުރެއް އަދާކުރެވެނީ ކޮންބަޔަކަށްތޯ؟ މިއީ ސުވާލު އުފެދޭ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި އާންމުން ހޭލުންތެރި ކުރުވުމުގައި އެންމެ މުހިންމު ދަޢުރެއް އަދާކުރެވޭނީ މީޑީޔާއަށެވެ. އާދެ ޓީވީ، ރޭޑީޔޯ އަދި ނޫސްމަޖައްލާ ފަދަތަކެއްޗަށެވެ. ހިލޭ ލިބެންހުންނަ ސޮޕްޓްވެއަރ “އޯޕަންސޯސް” އާއި ބެހޭ މަޢުލޫމާތު ގިނަގިނަ އިން ޓީވީންނާއި ރޭޑީޔޯއިން ގެނެސްދޭންވީއެވެ. އެއިގެން ލިބޭފައިދާ އާއި މަންފާއާއި އަދި އެއީ ކޮންއެއްޗެއް ކަން އާންމުންނަށް އަންގައިދޭންވީއެވެ. އެއީ މިއީ ވަގުތު ބޭނުންވާނެކަމެކެވެ. މިސާލަކަށް ދަންނަވަނީ ނަމަ، ޤާނޫނީ ގޮތުން “ވަގު” ސޮޕްޓްވެއަރ ބޭނުންކުރުން މަނާ ކުރުމުގެ ކުރިން “އޯޕަންސޯސް” އާއި ބެހޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދެވިފައިވާ ނަމަ މީހުންނަން އެތަކެއްޗައް ބަދަލުކޮށްލުން ވެގެންދާނީ ވަރަށް ފަސޭހަ ކަމަކަށެވެ. ޓީވީން ފާޑުފާޑޫގެ “ރާމާމަކުނު” ޝޯއަކާއި ” ކިޔުއެންހޭ ވިދް ޤަފޫރް” އަކާއި ގެނެންދިނަސް އަދި އެ ފުދުނީކީ ނޫނެވެ. މިޤާނޫނަކީ ދުރާލާ ތައްޔާރު ވާންޖެހިފައިވާ ޤާނޫނެއް ކަމުންނާއި މިއީ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމެއް ކަމުން އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ހަފްތާއަކުވެސް މިތަކެއްޗާއި ބޭހޭ މަޢުލޫމާތު ގެންދިނުމަކީ މުހިންމު ކަމެކެވެ. މުސްކުޅި ހަރުބަހެއްގައި އޮވެއެވެ. “ރައްކާވެ ތިބިއްޔާ ދަތުރެވެ."

ޓެގް

ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.