އަފްޣާނިސްތާނަށް ގަދަކަމުން އަރާތިބި އެމެރިކާއާއި އެހެނިހެން ޤައުމުތަކުގެ ސިފައިންނަށް ތޯލިބާނުންދޭ ޙަމަލާތައް ކަވަރު ނުކުރުމަށް އަފްޣާން ސަރުކާރުން ނޫސްވެރިންނަށް އަންގައިފިއެވެ. އަފްޣާން ސަރުކާރުގެ މިއެންގުން އައީ ތޯލިބާނުންދިން ވަރުގަދަ ހަމަލާއެއްގައި ނޭޓޯ ސިފައިންގެ އެތައްބަޔަކު މަރުވިތާ އެއްދުވަސް ފަހުންނެވެ.
އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާއިން އެންގިއެންގުމުގައި ހަމަލާތައް ދެމުންދާވަގުތު ކެމެރާ ނުކުރުމަށާއި ނަމަވެސް ހަމަލާތައް ނިމުމުން އެތަނެއް ކެމެރާ ކުރެވިދާނެކަމަށް ހާމަކޮށްފައިވެއެވެ. އަދި ހަމަލާތައް ދެމުންދާ ވަގުތު ވީޑިއޯ ކުރުމުން އޭގެން ފައިދާވަނީ ދުޝްމަނުންނަށް ކަމަށް ބުނެފައިވެއެވެ.
އަފްޣާނިސްތާނުގައި މިހާރުވަނީ ތޯލިބާނުންނާއި ދެކޮޅަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭންފަށާފައެވެ. އެމެރިކާއާއި ނޭޓޯ ސިފައިންވެގެން ދޭތެރެދޭތެރެއިން މިކަހަލަ އޮޕަރޭޝަންތައް ހިންގައެވެ. ނަމަވެސް އާޚިރުނަތީޖާގައި މިހާތަނަށް އެބައިމީހުންނަށް ކާމިޔާބުވެފައެއް ނުވެއެވެ. ހަޤީޤަތުގައި މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ޢާއްމު މުސްލިމުން މެރުމެވެ. ކޮންމެފަހަރަކު އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދިން މަރާލުމަށްފަހު ހަމަލާތައް ހުއްޓާލައެވެ. އަދި އޮޕަރޭޝަން ވަރަށް ކާމިޔާބުކަމުގައިބުނެ ހުޅަނގުގެ މީޑިއާތަކުން ޚަބަރުތައް ގޮވާނަގާނެއެވެ. މި ބައިމީހުންގެ ހާލަތަކީ މިއެވެ.
އަފްޣާނިސްތާން ސަރުކާރުން މި އެޅި ފިޔަވަޅުގެ ސަބަބުން އެމީހުން އިތުރަށް ބޭޒާރުވުން ނޫން އެއްވެސް ކަމެއް އިންޝާﷲ ނުވާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...