ރާއްޖޭގެ ޚަބަރު އައްޑޫ ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމު ނިންމާލައިފި

އައްޑޫ ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމު ނިންމާލައިފި

އައްޑޫ ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމު ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އައްޑޫ ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމު މިއަދު ވަނީ ނިންމާލާފައެވެ. މި ޕްރޮގުރާމު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގުރާމުގައި ޖުމްލަ 52 އިމާމުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމުގެ ދަށުން އިމާމުންނާއި ޚަޠީބުންނަށް އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ޕްރޮގުރާމުގެ ދަންފަޅިތައް ކުރިއަށް ގެންދެވުމުގައި އައްޝައިޚް މުޙައްމަދު އަނީލް، އައްޝައިޙް އަޙްމަދު ނާޒިޙް، އައްޝައިޚް އަޙްމަދު ރިމާޒް އަދި އަލްޙާފިޡް މުޙައްމަދު ޞާލިޙް އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، އިމާމުންނާއި ޚަޠީބުންގެ ފެންވަރު މަތިކޮށް، އެ ބޭފުޅުންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި މިފަދަ ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަކީ އެ ވުޒާރާއިން އިސްކަންދޭ ކަމެކެވެ.

އިމާމުންނާއި ޚަޠީބުން ތާޒާކޮށް އިތުރަށް ތަމްރީނު ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގުރާމުތައް އިތުރު ރަށްތަކުގައި ހިންގުމަށް ވަނީ ރޭވިފައެވެ.

ޓެގް

ޚަތީބުން އިމާމުން އައްޑޫ ސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.