އަރަބިދުނިޔެ ފޭސްބުކްގެ ފޭން ޕޭޖެއްގެ މައްސަލައިގައި އިޒްރޭލުގެ ސިޓީ މާކް ޒުކަބަރގަށް

ފޭސްބުކްގެ ފޭން ޕޭޖެއްގެ މައްސަލައިގައި އިޒްރޭލުގެ ސިޓީ މާކް ޒުކަބަރގަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުޙައްމަދު ވިޝާޙް

ފަލަސްތީނުގައި 3 ވަނަ އިންތިފާޟާ އެއް ފެށުމަށް ގޮވާލައި ފޭސްބުކް ގައި ހަދާފައިވާ ފޭން ޕޭޖް ފޭސްބުކް އިން ނެގުމަށް އެދި އިޒްރޭލުގެ މިނިސްޓަރެއް ކަމުގައިވާ ޔޫލީ އެޑެލްސްޓިން އެދި ފޭސްބުކް ގެ ފައުންޑަރ މާކް ޒުކަބަރގަށް ސިޓީ އެއް ފޮނުވައިފިއެވެ . 343،000 އަށް ވުރެ ގިނަ ފޭނުން ހިމެނޭ މިޕޭޖް ފޭސްބުކް އިން ނެގުމަށް ޔޫލީ  އެދިފައިިވަނީ އެ ޕޭޖްގައި ޔަހޫދީންތައް މެރުމަށާއި، އޫރުޝަލީމް މިނިވަން ކުރުމަށް ގޮވާލާފައިވާތީ ކަމުގައި ބުނެފައިވެއެވެ. ހަބަރުތައް ލިބޭގޮތުގައި ފޭސް ބުކް އިން ވަނީ އެ ފޭން ޕޭޖް ނެގުމަށް އިންކާރުކޮށްފައެވެ. އަދި  މިކަމާ ގުޅިގެން ފޭސްބުކް އިން އެއްވެސް ބަޔާނެއް ނެރެފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެ ފޭން ޕޭޖް ގައި ވާ ގޮތުން މެއި 15 ވަނަ ދުވަހަކީ  ފަލަސްޠީނުގެ 3 ވަނަ އިންތިފާޟާ ފެށުމަށް ހަމަޖެހިފައިވާ ދުވަހެވެ..

އިޒްރޭލުން ފޭސްބުކް އިން ނެގުމަށް އެދިފައިވާ ޕޭޖް ހޯއްދެވުމަށް ތިރީގައިވާ ލިޔުންކޮޅު ފޭސްބުކްގައި ސަރޗް ކޮށްލައްވާށެވެ.

Third Palestinian Intifada - الانتفاضة الفلسطينية الثالثة

ޓެގް

ފޭސްބުކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.