އަރަބިދުނިޔެ ޙަމާސް ޖަމާޢަތުން އިޒްރޭލުގެ މިލިޓަރީ ބޭސްތަކަށް ހަމަލާ ދީފި!

ޙަމާސް ޖަމާޢަތުން އިޒްރޭލުގެ މިލިޓަރީ ބޭސްތަކަށް ހަމަލާ ދީފި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުޙައްމަދު ވިޝާޙް

ހަމާސް ޖަމާއަތުން އިޒްރޭލުގެ މިލިޓަރީ ބޭސްތަކަށް ހަމަލާދީފިއެވެ. މިއަދު ހެނދުނު ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފިން ހަބަރު ދިން ގޮތުގައި ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރީގައިވާ 4 މިލިޓަރީ ބޭހަަކަށް ވަނީ   މަދުވެގެން 33 މޯޓަރ ހަމަލާ ފޮނުވާލާފައެވެ. މުޖާހިދުން ހާމަކުރައްވާ ގޮތުގައި ހަމަލާ ސީދާ އަމާޒުކޮށްފައި ވަނީ އިޒްރޭލުގެ މިލިޓަރީ ބޭސްތަކަށެވެ. ޤައްސާމް ބްރިގޭޑްސް ގެ ތަރުޖަމާނު އަބޫ އުބައިދާ ހާމަ ކުރައްވާ ގޮތުގައި މި ހަމަލާ ތަކަކީ އަލް ޤައްސާމް ބްރިގޭޑްސުން ޒަޔަނިސްޓް ސިފައިންނަށް ދިން މެސެޖެކެވެ. އަދި އެއީ  މި ފަހުން އިޒްރޭލުން ފަލަސްޠީނަށް ދެމުންދާ  ގިނަ ވައިގެ ހަމަލާތަކާއި، އަދި އެ ހަމަލާތަކުގައި ޝަހީދުވި ޤައްސާމް 2 މުޖާހިދުންގެ ބަދަލު ހިފުމެވެ. އަދި ހަމަ އެއާއެކު ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން އާދައިގެ މަތިން ދެވުނު ރައްދު ހަމަލާއެއްކަމެވެ. މީގެ އިތުރުން  މި ހަމަލާގައި އިޒްރޭލުގެ 2 ސިފައިންގެ މީހަކަށް ހާނިއްކަ ވެފައިވާ ކަމަށާއި، އަދި އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުން  ވަނީ ނެގެވް ގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދުމަށާއި ފިިލާތިބުމަށް އަންގައިފަައި ކަމަށް ޤައްސާމް ބްރިގޭޑްސް އިން  ހާމަ ކުރައްވައެވެ.

އަނެއްކޮޅުން އިޒްރޭލުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވެސް ހާމަ ކުރާ ގޮތުގައި އިޒްރޭލުގެ ދެކުނު ސަރަހައްދުތަކަށް ވަނީ ބޮމުގެ ވާރޭވެހިފައެވެ. މިގޮތުން 50 ރޮކެޓް ހަމަލާ އަމާޒު ވެފައިވާކަމަށް އިޒްރޭލުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.  އެހަބަރު ތަކުގައި ވާ ފަދައިން ޤައްސާމް ބްރިގޭޑްސް އިން ޒިންމާ އުފުލާފައިވަނީ  އޭގެތެރެއިން 10 މޮޓަރު ހަމަލާއަށެވެ. ނަމަވެސް އިޒްރޭލަށް މިދިން ހަމަލާގެ ފުރިހަމަ ޒިންމާ އަޅުވަނީ ހަމާސްގެ ބޮލުގައި ކަމަށް އިޒްރޭލުން ވަނީ ހާމަކޮށްފައެވެ. ބައެއް ރިޕޯޓްތައް ހާމަކުރާ ގޮތުގައި މިހަމަލާތަކުގައި އިޒްރޭލުގެ 2 ދެގެއް ވަނީ ހަލާކު ވެފައެވެ. އަނެއްބައި ރިޕޯޓްތައް ބުނާގޮތުން ހަލާކުވެފައި ވަނީ 1 ގެއެވެ. މީގެ އިތުރުން 2 މީހަކަށް ހާނިއްކަ ވެފައިވާ ކަން  އިޒްރޭލުގެ ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ.  މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ ޚާރިޖީ ވަޒީރު ލިބަރމޭން ވަނީ އ.ދ އަށް ޝަކުވާ ހުށައަޅާފައެވެ. އަދި އިޒްރޭލުން ވަނީ ރައްދުގައި ވައިގެ ހަމަލާތަކެއް ދީފައެވެ. ފަލަސްޠީނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި މިހަމަލާތަކުގައި 5 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އެ 5 މީހުންނަށް ދަނީ އައްޝިފާ ހަސްފަތާލުގައި ފަރުވާދެމުންނެވެ.

މައުލޫމާތު :ޤައްސާމް ވެބްސައިޓް އަިދ ހާރޓްޒް

ޓެގް

ޤައްސާމް ބްރިގޭޑްސް ފަލަސްޠީން ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.