ރާއްޖޭގެ ޚަބަރު މިއީ މިޔުޒިކާއި އެންމެހާ ފާފަތަކާއި ދުރަށްދާންވީ ވަގުތު: ޢަލީ ރަމީޒް

މިއީ މިޔުޒިކާއި އެންމެހާ ފާފަތަކާއި ދުރަށްދާންވީ ވަގުތު: ޢަލީ ރަމީޒް

މިއީ މިޔުޒިކާއި އެންމެހާ ފާފަތަކާއި ދުރަށްދާންވީ ވަގުތު: ޢަލީ ރަމީޒް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިވަގުތަކީ ﷲޙަރާމްކުރެއްވެވި މިޔުޒިކުފަދަ އެންމެހާ ކަންކަމުން ދުރުވެ ތިބެންވީ ވަގުތު ކަމަށް އަލްއަޚް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒް މިހެން ވިދާޅުވެފައިވަނީ ޔުމްނާ މައުމޫން މިވަގުތަކީ މިޔުޒީޝަނުންގެ ޖަމިއްޢިޔާއެއް އޮތުމުގެ މުހިންމުކަން އިތުރަށް އިޙްސާސް ކުރެވުނު ވަގުތެއް ކަމަށް ވިދާޅުވެ ޓްވިޓަރ ގައި ކުރައްވާފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

މީގެ އިތުރަށް މި ޓްވީޓްގައި އަލީ ރަމީޒް ވިދާޅުވެފައި ވަނީ މިއީ ފާފަ ފުއްސެވުމަށް އެދި ދުޢާ ކޮށް، ހެޔޮ މަގަށް އެނބުރެންޖެހޭ ވަގުތު ކަމަށާއި އަދި އަންހެން ކަނބަލުންވެސް އައުރަ ނިވާކުރައްވަވައި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އުޅުމަށް ޢަޒުމް ކަނޑައަޅަންވީ ވަގުތުކަމުގައެވެ.

ޢަލީ ރަމީޒަކީ ކުރީގެ ލަވަކިޔުން ތެރިއެއް ނަމަވެސް މިހާރު އިސްލާމް ދީނުގެ ދަޢުވަތު ފެތުރުއްވެވުމަށް ބުރަ މަސައްކަތް ތެކެއް ކުރައްވާ އަދި އެތަށް ދިވެހިންނެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.