އަރަބިދުނިޔެ ލީބިޔާގައި ވަރަށްވަރުގަދައަށް ޙަމަލާތައް ކުރިއަށް އެބަދޭ.

ލީބިޔާގައި ވަރަށްވަރުގަދައަށް ޙަމަލާތައް ކުރިއަށް އެބަދޭ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ގައްޒާފީއަށް ވަފާތެރި ސިފައިންނާއި އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުންގެ ބާރުތަކާދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުން އެބަދެއެވެ. މިދެފަރާތުގެ ދެމެދުގައި ޙަމަލާތައް ބަދަލުކުރަމުންގެންދާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޢާއްމުންގެ އެތައްބަޔަކުވަނީ މަރުވެފައެވެ.

މިކުރިމަތިލުންތަކުގައި ޒާވިޔާގެ ބޮޑުބަޔަކާއި ތެލުގެ ސިނާޢަތުގެ ރަށެއްކަމަށްވާ ރައުސްލާނޫފް ގައްޒާފީގެ ބާރުތަކުގެ އަތްދަށަށް ހިނގައްޖެ ކަމަށް ވާހަކަތައް ފެތުރިފައިވެއެވެ. ނަމަވެސް ރައްޔިތުންގެ ބާރުތަކުގެ ކޮމާންޑުން ބުނިގޮތުގައި މިދެރަށުގައި ހިނގި ހަނގުރާމަތަކަށްފަހު ގައްޒާފީގެ ބާރުތައް މިހާރުވަނީ މިދެރަށުންވެސް ބޭރުކޮށްލެވިފައެވެ.

ކުރިއަށްދާ ކުރިމަތިލުންތަކުގައި ގައްޒާފީގެ ބާރުތަކުންދަނީ ބޮންއަޅާ ފައިޓަރ ޖެޓް މަތިންދާބޯޓާއި ޓޭންކް ބޭނުންކުރަމުންނެވެ. ނަމަވެސް ޣައްޒާފީއާއި ދެކޮޅު ޢާއްމުންގެ ޙަމަލާތައްވެސް ވަރަށް ވަރުގަދަކަމަށް ޚަބަރުތައް ބުނެއެވެ.

ޓެގް

ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.