ހަނގުރާމަ ނިމިއްޖެއެވެ. ނޫނެކެވެ. އެއީ ހަނގުރާމައެއް ނޫނެވެ. މިނިކަތިލުމެކެވެ. ސަބަބަކީއޭތޯއެވެ؟ އެއްކޮޅުން ދުނިޔޭގައި އުފައްދާފައިވާ އެންމެ މޮޅު ހަތިޔާރެވެ. އެންމެ ޒަމާނީ ކަނޑުގެ ލަޝްކަރެކެވެ. ވަޔާއި ބިމުގެ އެންމެ ވަރުގަދަ ހަތިޔާރު ދެވިފައިވާ ލަޝްކަރުތަކެވެ. އަނެއްކޮޅުގައި މިއިން އެކައްޗެއްވެސް ނެތެވެ. މިއީ ޢިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑް އާއި ސިޙްޔޫނީ ލަޝްކަރުތަކުގެ ވާހަކައެވެ.
ފުރަތަމަ ސިޙްޔޫނީ ލަޝްކަތުރަކުގެ ބައިން ފަށަމާ ހިނގާށެވެ. ކިޔާލަން ފަސޭހައަކަށް ކޮންމެ ބައެއް ވަކި ސުރުޚީއެއްގައި ގެނެސްދެވޭތޯ ބަލާނަމެވެ.
ސިޙްޔޫނީ ލަޝްކަރުތައް
ކުރީ ސަފުގެ ސިފައިންގެ ޢަދަދު :176،500
އަބަދުވެސް ތައްޔާރީ ޙާލަތުގައި، ބޭނުން ޖެހިއްޖެ ޙާލަތެއްގައި ނެރޭ ސިފައިންގެ ޢަދަދު :445،000
ހަނގުރާމަމަތީ ޓޭންކުގެ ޢަދަދު: 3،870
ހަތިޔާރުއެޅި، ހަނގުރާމަމަތީ އެއްގަމު އުޅަނދުގެ ޢަދަދު: 9،436
ހަނގުރާމަމަތީ މަތިންދާބޯޓުގެ ޢަދަދު: 829
ހަނގުރާމަމަތީ ހެލިކޮޕްޓަރުގެ ޢަދަދު: 191
ހަނގުރާމަމަތީ ކަނޑު އުޅަނދުފަހަރު: 110 (14 ސަބްމެރިން ހިމަނައިގެން)
ހަނގުރާމައިގައި ބޭނުންކުރެވޭ ޙާލަތުގައި ހުރި އެއަރޕޯޓުގެ ޢަދަދު: 47
މީގެ އިތުރުން އިޒްރޭލޭ ކިޔާ ޣައިރު ޤާނޫނީ ދަޢުލަތުގައި 200 ނިއުކްލިއަރ ބޮލާއި، ޢަދަދު ލަފާނުކުރެވޭ ވަރަށް ބަޔޮލޮޖިކަލް އަދި ކެމިކަލް އަތިޔާރު އެބަ ހުއްޓެވެ.
އަލް ޤައްސާމް ބްރިގޭޑްސް
ސިފައިންގެ ޢަދަދު: 20،000
އިމަޖެންސީ ޙާލަތެއްގައި ނެރުމަށް ތައްޔާރަށް ތިބޭ ސިފައިންގެ ޢަދަދު: 10،000
ހަނގުރާމަމަތީ ޓޭންކުގެ ޢަދަދު: 0
ހަތިޔާރުއެޅި، ހަނގުރާމަމަތީ އެއްގަމު އުޅަނދުގެ ޢަދަދު: 0
ހަނގުރާމަމަތީ މަތިންދާބޯޓުގެ ޢަދަދު: 0
ހަނގުރާމަމަތީ ހެލިކޮޕްޓަރުގެ ޢަދަދު: 0
ހަނގުރާމަމަތީ ކަނޑު އުޅަނދުފަހަރު: 0
ހަނގުރާމައިގައި ބޭނުންކުރެވޭ ޙާލަތުގައި ހުރި އެއަރޕޯޓުގެ ޢަދަދު: 0
އަލް ޤައްސާމް ބްރިގޭޑްސް އަތުގައި އަމިއްލައަށް އުފައްދާފައިވާ ޤައްސާމް ރޮކެޓްގެ އެކި ވައްތަރު އެބަ ހުއްޓެވެ. ބިމުން ވަޔަށް ފޮނުވާ ޒާތުގެ މިސައިލް އެބަ ހުއްޓެވެ. ޓޭންކަށް ޙަމަލާދިނުމަށް ބޭނުންކުރާ މިސައިލް އެބަ ހުއްޓެވެ. އޮޓޮމެޓިކް ހަތިޔާރުގެ ލުއި ބާވަތްތައް އެބަ ހުއްޓެވެ. އަމިއްލަޔަށް އަލް ޤައްސާމްގެ އިންޖިނިއަރުން އުފައްދާފައިވާ އަބާބީލް ޑްރޯން އެބަ ހުއްޓެވެ. ހުޝިޔާރު ޖާސޫސީ ވިޔުގައެއް އެބަ އޮތެވެ. ކޮޅު ގޮސް ނިމިފައިވާ ހިސާބެއް އެނގެންވެސް ނެތް ބިމު އަޑީގެ ރައްކާތެރި މަގުތަކެއް އެބަ ހުއްޓެވެ. މި ހުރިހާ ތަކެއްޗަށްވުރެ ބޮޑި އަދި ވަރުގަދައީ އަލް ޤައްސާމްގެ ލަޝްކަރުގެ އީމާނެވެ. އެއުރެންގެ ޔަޤީންކަމެވެ. ﷲ އާ މެދު އޮންނަ އިތުބާރެވެ.
އެއްގަމުން އަރައިގެން އުޅުނު އިރު އެއް ފަހަރު ސިޙްޔޫނީ ލަޝްކަރުގެ ގޯލާން ބްރިގޭޑްސް ގެ 15 މީހަކު އަމިއްލަޔަށް މަރުވީ ކީއްވެހެއްޔެވެ؟ ޚަބަރެއް އަޑު އެހީއެވެ. އާއެކެވެ. ބޮޑު ޚަބަރެކެވެ. އެތެރެޔަށް ވަންނަ ސިފައިންނަށް ހުދު މީހުން ފެންނަ ޚަބަރެވެ. ޙަމަލާ ދިނަސް ގޮތެއް ނުވާ ޚަބަރެވެ.
ޣައްޒާއިން ޝަހީދުވި 2،100 އަށްވުރެ ގިނަ މީހުންގެ 80 އިންސައްތައަކީ ޢާންމުންނެވެ. މުޖާހިދުންގެ ޙަމަލާތަކުގައި ޣައިރު ޤާނޫނީ ދަޢުލަތުން 69 މީހަކު މަރުވި އިރު އާންމުންގެ ނިސްބަތަކީ 7 އެވެ. ބާކީ 93 އިންސައްތައަކީ ސިފައިންނެވެ. ދެން އޮތީ ސުވާލެކެވެ. އަމާޒު ސީދަލީ ކޮން ބައެއް ހެއްޔެވެ؟ ޢާންމުންނަށް ވިސްނަނީ ކޮން ބައެއް ހެއްޔެވެ؟ މައިދާނުގެ އަޚްލާޤު ހުރީ ކޮން ބައެއްގެ ހެއްޔެވެ؟ ކަށަވަރުވާ އެއްކަމެއް އެބަ އޮތެވެ. ސިޙްޔޫނީން ޢާންމުންނަށް ޙަމަލާ ދެނީ ގަސްދުގައި ކަމެވެ. އެއް މިސްކިތައް 4 މިސައިލް 30 މިނިޓް ތެރޭގައި އެ ނޫން ގޮތަކުން ނާރާނެއެވެ.
މިއަދަކީ ނަޞްރުގެ ދުވަހެކެވެ. މުޅި އުންމަތް ކެނޑިނޭޅި ކުރަމުން ދިޔަ ދުޢާގެ އަޑު ﷲ އައްސަވައިވޮޑިގެންފިއެވެ. އެ ގިސްލުންތަކާއި ރުއިންތަކަށް ނިމުން އަތުވެހިނިތުން ވެއްޖެއެވެ. ﷲ އަށް ޙަމްދު ހުއްޓެވެ! ﷲ އަށް ޙަމްދު ހުއްޓެވެ!
ކޮމެންޓް (0)
ލޯޑް ކުރަމުން...