ރިޕޯޓް އިސްލާމީ ޘަޤާފަތަކީ ޢާލަމީ ޘަޤާފަތެކެވެ.

އިސްލާމީ ޘަޤާފަތަކީ ޢާލަމީ ޘަޤާފަތެކެވެ.

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހުމަދު އާސިމް

އިސްލާމްދީނާއިބެހޭ މަޢުލޫމާތު ހޯދާ ކޮންމެ މީހަކަށްވެސް އެންމެފުރަތަމަ އެގެންޖެހެނީ "އިސްލާމް" މި ލަފްޒުގެ މާނައެވެ. މި ދީނަށް "އިސްލާމް" މިނަން ދެވުނީ އެއްވެސް މީހަކަށް ނިސްބަތް ކުރެވިގެންނެއްނޫނެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ދީންތަކަށް އަޅުގަނޑުމެން ބަލާލާއިރު ފެންނަނީ ކޮންމެވެސް މީހެއް ނުވަތަ ތަނެއްގެ ނަމުން ނަންދެވިފައިވާ ދީންތަކެވެ.

އިސްލާމީ ޘަޤާފަތަކީ ވަކި ޤައުމެއް ނުވަތަ ވަކި ނަސްލެއް ތަފާތުކުރާ ޘަޤާފަތެއްނޫނެވެ.މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. [1] الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ މާނައީ:" ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ." އަދިވެސް މާތްﷲ ވަހީކުރައްވާފައި ވެއެވެ. [2] وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ މާނައީ:" ޢާލަމްތަކަށް ރަހްމަތްތަކަށް މެނުވީ،ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމުއެވ

މިގޮތުން ކްރިސްޓިއަނިޓީ އަށް ކްރިސްޓިއަނިޓީ ކިޔުނީ ޢީސާގެފާނު ނުވަތަ ޖީސަސް ކްރިސްޓް އަށް ނިސްބަތްކޮށެވެ. ބުޑިޒަމް އަށް ނަންދެވިފައިވަނީ ގޯޓަމާ ބުއްދާގެ ކިޔާ މީހެއްގެ ނަމުންނެވެ. މާރކްސިޒަމް އަށް ނަންދެވިފައިވަނީ ކާރލް މާރކްސް ކިޔާ މީހަކަށް ނިސްބަތްކޮށެވެ. އަދި ޖުޑިޒަމް އަށް ނަންދެވިފައި ވަނީ ޖޫދާ އަށް ނިސްބަތްކޮށެވެ. އެހެން ނަމަވެސް އިސްލާމްދީނަކީ މާތް ﷲ ބާވައިލެއްވި ޙައްޤު ދީނެވެ. އަދި މިދީނުގެ ނަމުން ރަމްޒުކޮށްދެނީ މި ދީނުގެ މައި އަސާސްއެވެ. އާދެ، އިސްލާމްގެ މާނައަކީ މާތްﷲ އަށް ފުރިހަމަޔަށް ކިޔަމަންތެރިވުމެވެ. އަދި މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރާ މީހާއަށް "މުސްލިމް" މި ނަމުން ނަން ދެއްވިއެވެ. އަދި އިސްލާމް ގެ މާނައެއްގެ ގޮތުގައި ސުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން ހިމެނެއެވެ. އެހެންކަމުން އިންސާނާއަށް ހަމަޖެހުމާއި އަމާންކަން ލިބެންއޮތީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަޔަށް ކިޔަމަންތެރިވެ އިސްލާމްދީނަށް ފުރިހަމަޔަށް ރުޖޫޢަވުމުންނެވެ. އާދެ އިސްލާމްދީނަކީ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ބާވައިލެއްވި އާ ދީނެއް ނޫނެވެ. އެހެން ނަމަވެސް އިސްލާމްދީން ފުރިހަމަކުރައްވައި އެއްކޮށް ބާވައިލެއްވީ މީލާދީ ގޮތުން 7 ވަނަ ޤަރުނު ތެރޭގައި ލޮބުވެތި ނަބިއްޔާ މުޙައްމަދް صلى الله عليه وسلم އަށް ޢަރަބިކަރައިގައެވެ.

އާދެ އިސްލާމްދީނަކީ އެންމެ ފުރަތަމަ އިންސާނާ އަދި މާތްﷲ ގެ ނަބިއްޔާ އާދަމްގެފާނަށް ބާވައިލެއްވި ދީނެވެ. އަދި މި ދީނަކީ މާތްﷲ ފޮނުއްވި ހުރިހާ ނަބީބޭކަލުންނަށްވެސް ބާވައިލެއްވި ދީނެވެ. ވުމާއެކު މާތް ﷲގެ ދީނަށް "އިސްލާމް" މި ނަމުން ނަން ދީފައިވަނީ ޒަމާނުގެ ތެރެއިން ދުވަސްވަރެއްގައި ދުނިޔެއަށް އައި އިންސާނުންގެ ބައެއްނޫނެވެ. އެހެންނަމަވެސް މިދީނަށް ނަން ދެއްވީ ޚުދް ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އާދެ މިކަން ﷲ ވަނީ އެކާލާންގެ އެންމެ ފަހުގެ ކަލާމްފުޅު ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا [3]"މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންއިލާހު ރުހިވޮޑިގެންފީމެވެ."

وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ [4] މާނައީ"ދީނެއްގެ ގޮތުގައި އިސްލާމްދީންނޫން އެހެން ދީނެއް އެދޭމީހާ (ދަންނާށެވެ!). ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރަށްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."[5] مَا كَانَ إِبْرَاهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَكِنْ كَانَ حَنِيفًا مُسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ

"ޔަހޫދީއެއް ކަމުގައިވެސް އަދި ނަޞްރާނީ އެއްކަމުގައިވެސް އިބްރާހީމްގެފާނު ވެވަޑައެއްނުގަންނަވައެވެ. އަދި ކީއްހެއްޔެވެ! އެކަލޭގެފާނު ވެވަޑައިގެންނެވީ ބާޠިލް މަގުން އެއްކިބާވެ ޙައްޤުދީނަށް ތަބާވެގެންވާ މުސްލިމަކު ކަމުގައެވެ. އަދި ޝަރީކު ކުރާމީހުންގެ ތެރެއަކުވެސް އެކަލޭގެފާނު ވެވަޑައެއްނުގަންނަވައެވެ."

އެހެންކަމުން ތިބޭފުޅުން ބައިބްލް ބެއްލެވިކަމުގައިވިޔަސް އެފޮތުގައި މާތް ﷲ މޫސާގެފާނަށް ތަބާވީމީހުންނަށް ނިސްބަތްކޮށް އެބައިމީހުންގެ ދީނަކީ ޖުޑިޒަމް ކަމުގައި ވަޙީކުރައްވާފައި ވާތަނެއް ފެނި ނުލައްވާނެއެވެ. އަދި ޢީސާގެފާނަށް ތަބާވި މީހުންގެ ދީނަކީ ކްރިސްޓިއަނިޓީ ކަމުގައި މާތްﷲ ވަޙީކުރައްވާފއި ނުވެއެވެ. އަސްލު ޙަޤީގަތުގައި ކްރިސްޓް މިނަމަކީ ޢިސާގެފާނުގެ ނަންފުޅެއްވެސް ނޫނެވެ. ކްރިސްޓްއަކީ ގްރީކްބަހެއް ކަމުގައިވާ ކްރިސްޓޮސް އިން ނެގިފައިވާ ނަމެކެވެ. މިއީ ހިބްރޫބަހުން "މަސީޙް" ގްރީކް ބަހަށް ތަރުޖަމާ ކުރުމުން އުފެދުނުބަހެކެވެ. އަދި "ޖީސަސް" މި ނަމަކީ ހިބްރޫ ބަހުން "ޢީސާ" މިނަން ލެޓިނަށް ބަދަލުކުރުމުން އުފެދޭ ނަމެކެވެ.އާދެ ޢީސާގެފަނުވެސް މާތްﷲ ފޮނުއްވެވި އެހެން ނަބީބޭކަލުން ފަދައިން ގޮވާލެއްވީ މާތްﷲ އަށް ކިޔަމަންތެރިވުމަށާއި މާތް ﷲ އަށް ޝިރުކު ނުކުރުމަށާއި ހަވާނަފްސަށް ތަބާވެގެން ނުދިޔުމަށެވެ.

ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ފޮނުއްވެވީ ޢަރަބިންގެ ތެރެއިންނެވެ. އަދި ކީރިތި ޤުރުއާން ބާވާލެއްވުނީވެސް ޢަރަބި ބަހުންނެވެ. އެހެންނަމަވެސް މިކަމުން އިސްލާމްދީނަކީ ޢަރަބިންގެ ދީނެއްކަމުގައި ނުވަތަ އެދީނަށް އަޅުކަންކުރާ މީހުންގެ ތެރެއިން އެންމެ އިސްބަޔަކީ ޢަރަބިންކަމުގައި ނުވަތަ އެއީ އިރުމަތީ ޤައުމުތަކުގެ ދީނެއްކަމުގައި ނުބެލެވޭނެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ."ހަމަކަށަވަރުން މާތްﷲގެ ހަޟުރަރުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ." އިސްލާމީ ޘަޤާފަތުގައި މީހެއްގެ ފެންވަރު ތަފާތު ވުމަކުން، ނުވަތަ ގައިގެ ކުލަ ތަފާތު ވުމަކުން އަދި ވަކި މީހެއްގެ ދަރިއަކަށްވުމަކުން ޚާއްޞަކަމެއް ލިބިގެނެއް ނުވެއެވެ.

ކީރިތި ރަސޫލާގެ އަރިހުގައި އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތްކުރެއްވި ޞަހާބީންގެ ތެރޭގައި ފާރިސީ އަދި އެފްރިކާ ނަސްލުގެ ބޭފުޅުން ހިމެނެއެވެ. އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ބަންގި ގޮވާލެއްވީ ކަޅުނަސްލުގެ ބޭފުޅެއްކަމުގައިވާ ބިލާލްބިން ރަބާހަތެވެ. ހަންދަގު ހަނގުރާމާގައި ހަންދަގު ކޮނުމަށް ރަސޫލާއަށް ލަފާދެއްވީ ފާރިސީ ބޭފުޅެއްކަމުގައިވާ ސަލްމާނުގެފާނެވެ. ހަމައެހެންމެ އިސްލާމީ ޚިލާފަތުގެ ވެރިކަން އެކި ޒަމާންތަކުގައި އެކިރަށްރަށުގައި އެކިއެކި ނަސްލުގެ ބޭފުޅުން ވަނީ ކޮށްފައެވެ. ހަމައެހެންމެ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ އިސްލާމީ ޢިލްމުވެރިން ވަނީ އުފެދިފައެވެ. އިސްލާމީ ގައުމުތަކާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަތަކުގައި މުސްލިމުނަށް ލިބެމުންދާ އަނިޔާތަކުގައި ހިއްސާވެ،ހަމްދަރުދީ ފާޅުކުރަނީ އެމީސްތަކުންކީ އަހަރެމެންފަދަ އިސްލާމުންނަށް ވަތީއެވެ. އެއް ސަގާފަތެއްގެ ބަޔަކަށް ވާތީއެވެ.

އިސްލާމްދީނާއިބެހޭ މަޢުލޫމާތު ހޯދާ ކޮންމެ މީހަކަށްވެސް އެންމެފުރަތަމަ އެގެންޖެހެނީ "އިސްލާމް" މި ލަފްޒުގެ މާނައެވެ. މި ދީނަށް "އިސްލާމް" މިނަން ދެވުނީ އެއްވެސް މީހަކަށް ނިސްބަތް ކުރެވިގެންނެއްނޫނެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ދީންތަކަށް އަޅުގަނޑުމެން ބަލާލާއިރު ފެންނަނީ ކޮންމެވެސް މީހެއް ނުވަތަ ތަނެއްގެ ނަމުން ނަންދެވިފައިވާ ދީންތަކެވެ.
އިސްލާމީ ޘަޤާފަތަކީ ވަކި ޤައުމެއް ނުވަތަ ވަކި ނަސްލެއް ތަފާތުކުރާ ޘަޤާފަތެއްނޫނެވެ.މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.[1] الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ މާނައީ:" ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ." އަދިވެސް މާތްﷲ ވަހީކުރައްވާފައި ވެއެވެ. [2] وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ މާނައީ:" ޢާލަމްތަކަށް ރަހްމަތްތަކަށް މެނުވީ،ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމުއެވ
މިގޮތުން ކްރިސްޓިއަނިޓީ އަށް ކްރިސްޓިއަނިޓީ ކިޔުނީ ޢީސާގެފާނު ނުވަތަ ޖީސަސް ކްރިސްޓް އަށް ނިސްބަތްކޮށެވެ. ބުޑިޒަމް އަށް ނަންދެވިފައިވަނީ ގޯޓަމާ ބުއްދާގެ ކިޔާ މީހެއްގެ ނަމުންނެވެ. މާރކްސިޒަމް އަށް ނަންދެވިފައިވަނީ ކާރލް މާރކްސް ކިޔާ މީހަކަށް ނިސްބަތްކޮށެވެ. އަދި ޖުޑިޒަމް އަށް ނަންދެވިފައި ވަނީ ޖޫދާ އަށް ނިސްބަތްކޮށެވެ. އެހެން ނަމަވެސް އިސްލާމްދީނަކީ މާތް ﷲ ބާވައިލެއްވި ޙައްޤު ދީނެވެ. އަދި މިދީނުގެ ނަމުން ރަމްޒުކޮށްދެނީ މި ދީނުގެ މައި އަސާސްއެވެ. އާދެ، އިސްލާމްގެ މާނައަކީ މާތްﷲ އަށް ފުރިހަމަޔަށް ކިޔަމަންތެރިވުމެވެ. އަދި މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރާ މީހާއަށް "މުސްލިމް" މި ނަމުން ނަން ދެއްވިއެވެ. އަދި އިސްލާމް ގެ މާނައެއްގެ ގޮތުގައި ސުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން ހިމެނެއެވެ. އެހެންކަމުން އިންސާނާއަށް ހަމަޖެހުމާއި އަމާންކަން ލިބެންއޮތީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަޔަށް ކިޔަމަންތެރިވެ އިސްލާމްދީނަށް ފުރިހަމަޔަށް ރުޖޫޢަވުމުންނެވެ. އާދެ އިސްލާމްދީނަކީ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ބާވައިލެއްވި އާ ދީނެއް ނޫނެވެ. އެހެން ނަމަވެސް އިސްލާމްދީން ފުރިހަމަކުރައްވައި އެއްކޮށް ބާވައިލެއްވީ މީލާދީ ގޮތުން 7 ވަނަ ޤަރުނު ތެރޭގައި ލޮބުވެތި ނަބިއްޔާ މުޙައްމަދް صلى الله عليه وسلم އަށް ޢަރަބިކަރައިގައެވެ.
އާދެ އިސްލާމްދީނަކީ އެންމެ ފުރަތަމަ އިންސާނާ އަދި މާތްﷲ ގެ ނަބިއްޔާ އާދަމްގެފާނަށް ބާވައިލެއްވި ދީނެވެ. އަދި މި ދީނަކީ މާތްﷲ ފޮނުއްވި ހުރިހާ ނަބީބޭކަލުންނަށްވެސް ބާވައިލެއްވި ދީނެވެ. ވުމާއެކު މާތް ﷲގެ ދީނަށް "އިސްލާމް" މި ނަމުން ނަން ދީފައިވަނީ ޒަމާނުގެ ތެރެއިން ދުވަސްވަރެއްގައި ދުނިޔެއަށް އައި އިންސާނުންގެ ބައެއްނޫނެވެ. އެހެންނަމަވެސް މިދީނަށް ނަން ދެއްވީ ޚުދް ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އާދެ މިކަން ﷲ ވަނީ އެކާލާންގެ އެންމެ ފަހުގެ ކަލާމްފުޅު ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا [3]"މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންއިލާހު ރުހިވޮޑިގެންފީމެވެ."
وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ [4] މާނައީ"ދީނެއްގެ ގޮތުގައި އިސްލާމްދީންނޫން އެހެން ދީނެއް އެދޭމީހާ (ދަންނާށެވެ!). ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރަށްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."[5] مَا كَانَ إِبْرَاهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَكِنْ كَانَ حَنِيفًا مُسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ
"ޔަހޫދީއެއް ކަމުގައިވެސް އަދި ނަޞްރާނީ އެއްކަމުގައިވެސް އިބްރާހީމްގެފާނު ވެވަޑައެއްނުގަންނަވައެވެ. އަދި ކީއްހެއްޔެވެ! އެކަލޭގެފާނު ވެވަޑައިގެންނެވީ ބާޠިލް މަގުން އެއްކިބާވެ ޙައްޤުދީނަށް ތަބާވެގެންވާ މުސްލިމަކު ކަމުގައެވެ. އަދި ޝަރީކު ކުރާމީހުންގެ ތެރެއަކުވެސް އެކަލޭގެފާނު ވެވަޑައެއްނުގަންނަވައެވެ."
އެހެންކަމުން ތިބޭފުޅުން ބައިބްލް ބެއްލެވިކަމުގައިވިޔަސް އެފޮތުގައި މާތް ﷲ މޫސާގެފާނަށް ތަބާވީމީހުންނަށް ނިސްބަތްކޮށް އެބައިމީހުންގެ ދީނަކީ ޖުޑިޒަމް ކަމުގައި ވަޙީކުރައްވާފައި ވާތަނެއް ފެނި ނުލައްވާނެއެވެ. އަދި ޢީސާގެފާނަށް ތަބާވި މީހުންގެ ދީނަކީ ކްރިސްޓިއަނިޓީ ކަމުގައި މާތްﷲ ވަޙީކުރައްވާފއި ނުވެއެވެ. އަސްލު ޙަޤީގަތުގައި ކްރިސްޓް މިނަމަކީ ޢިސާގެފާނުގެ ނަންފުޅެއްވެސް ނޫނެވެ. ކްރިސްޓްއަކީ ގްރީކްބަހެއް ކަމުގައިވާ ކްރިސްޓޮސް އިން ނެގިފައިވާ ނަމެކެވެ. މިއީ ހިބްރޫބަހުން "މަސީޙް" ގްރީކް ބަހަށް ތަރުޖަމާ ކުރުމުން އުފެދުނުބަހެކެވެ. އަދި "ޖީސަސް" މި ނަމަކީ ހިބްރޫ ބަހުން "ޢީސާ" މިނަން ލެޓިނަށް ބަދަލުކުރުމުން އުފެދޭ ނަމެކެވެ.އާދެ ޢީސާގެފަނުވެސް މާތްﷲ ފޮނުއްވެވި އެހެން ނަބީބޭކަލުން ފަދައިން ގޮވާލެއްވީ މާތްﷲ އަށް ކިޔަމަންތެރިވުމަށާއި މާތް ﷲ އަށް ޝިރުކު ނުކުރުމަށާއި ހަވާނަފްސަށް ތަބާވެގެން ނުދިޔުމަށެވެ.
ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ފޮނުއްވެވީ ޢަރަބިންގެ ތެރެއިންނެވެ. އަދި ކީރިތި ޤުރުއާން ބާވާލެއްވުނީވެސް ޢަރަބި ބަހުންނެވެ. އެހެންނަމަވެސް މިކަމުން އިސްލާމްދީނަކީ ޢަރަބިންގެ ދީނެއްކަމުގައި ނުވަތަ އެދީނަށް އަޅުކަންކުރާ މީހުންގެ ތެރެއިން އެންމެ އިސްބަޔަކީ ޢަރަބިންކަމުގައި ނުވަތަ އެއީ އިރުމަތީ ޤައުމުތަކުގެ ދީނެއްކަމުގައި ނުބެލެވޭނެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ."ހަމަކަށަވަރުން މާތްﷲގެ ހަޟުރަރުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ." އިސްލާމީ ޘަޤާފަތުގައި މީހެއްގެ ފެންވަރު ތަފާތު ވުމަކުން، ނުވަތަ ގައިގެ ކުލަ ތަފާތު ވުމަކުން އަދި ވަކި މީހެއްގެ ދަރިއަކަށްވުމަކުން ޚާއްޞަކަމެއް ލިބިގެނެއް ނުވެއެވެ.
ކީރިތި ރަސޫލާގެ އަރިހުގައި އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތްކުރެއްވި ޞަހާބީންގެ ތެރޭގައި ފާރިސީ އަދި އެފްރިކާ ނަސްލުގެ ބޭފުޅުން ހިމެނެއެވެ. އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ބަންގި ގޮވާލެއްވީ ކަޅުނަސްލުގެ ބޭފުޅެއްކަމުގައިވާ ބިލާލްބިން ރަބާހަތެވެ. ހަންދަގު ހަނގުރާމާގައި ހަންދަގު ކޮނުމަށް ރަސޫލާއަށް ލަފާދެއްވީ ފާރިސީ ބޭފުޅެއްކަމުގައިވާ ސަލްމާނުގެފާނެވެ. ހަމައެހެންމެ އިސްލާމީ ޚިލާފަތުގެ ވެރިކަން އެކި ޒަމާންތަކުގައި އެކިރަށްރަށުގައި އެކިއެކި ނަސްލުގެ ބޭފުޅުން ވަނީ ކޮށްފައެވެ. ހަމައެހެންމެ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ އިސްލާމީ ޢިލްމުވެރިން ވަނީ އުފެދިފައެވެ. އިސްލާމީ ގައުމުތަކާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަތަކުގައި މުސްލިމުނަށް ލިބެމުންދާ އަނިޔާތަކުގައި ހިއްސާވެ،ހަމްދަރުދީ ފާޅުކުރަނީ އެމީސްތަކުންކީ އަހަރެމެންފަދަ އިސްލާމުންނަށް ވަތީއެވެ. އެއް ސަގާފަތެއްގެ ބަޔަކަށް ވާތީއެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.