ފަލަސްތީނުގެ ވުޒާރަތުލް އަވްޤާފު ވައްދީނިއްޔާގެ މިނިސްޓަރ ޑރ. މަޙްމޫދު އަލްހައްބާޝް ރާއްޖެވަޑައިގެންފިއެވެ.
އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރ ޑރ. މަޙްމޫދު އަލްހައްބާޝް އަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.
އިސްލާމިކް މިނިސްޓްރީ އިން ހާމަކުރެއްވި ގޮތުގައި ދިވެހި ސަރުކާރުގެ ދައުވަތަކަށް ޑރ. މަޙްމޫދު އަލްހައްބާޝް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަމަށާއި، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވާ ހޯމަ ދުވަހުގައިކަމަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ދިއިސްލާމް ފޮޓޯ: ފަލަސްތީނުގެ ވުޒާރަތުލް އަވްޤާފު ވައްދީނިއްޔާގެ މިނިސްޓަރ ރާއްޖެވަޑައިގަތުން
ކޮމެންޓް (0)
ލޯޑް ކުރަމުން...