ފަޤީރުންނާއި މިސްކީނުންގެ 14 މީހަކަށް ފްލެޓުގެ ޑައުން ޕޭމަންޓް ދައްކައިދެނީ

ފަޤީރުންނާއި މިސްކީނުންގެ 14 މީހަކަށް ފްލެޓުގެ ޑައުން ޕޭމަންޓް ދައްކައިދެނީ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 14 ފަރާތަކަށް، ސަރުކާރުން ދޭ ސޯޝަލް ހައުސިން ފްލެޓްތަކުގެ ޑައުން ޕޭމަންޓް ދެއްކުމަށް ޒަކާތު ހައުސްއިން ނިންމައިފިއެވެ. މިކަމަށްޓަކައި ޒަކާތު ފަންޑުން ޖުމްލަ 340،000 ރުފިޔާ ހޭދަކުރާނެކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކުރައްވާފައެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މި ފަރާތްތަކަށް ސޯޝަލް ހައުސިންގެ ތެރެއިން ލިބޭ ފްލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަވެފައިވާތީ، ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށް ފަހު މި ނިންމުން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، މި ފައިސާ ދައްކާނީ ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކުރުމުގެ ބަދަލުގައި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ކަމަށްވެސް ޒަކާތު ހައުސްއިން ހާމަކުރައްވައެވެ.

ފްލެޓް ލިބުމަށް ފަހު، މި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވުމުގެ އެއް މަޤްޞަދަކީ، ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމެވެ. އެގޮތުން، ފަޤީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކުރައްވާފައެވެ.

މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، ޒަކާތު ހައުސްއިން ދަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޚާއްޞަ "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރުފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ކާޑު ތަޢާރުފް ވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ޒަކާތު ހައުސްއިން ފާހަގަކުރާ ގޮތުގައި، މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އަސާސީ ކަމެއްގެ ގޮތުގައި ކުރަމުންދާ ކަމެކެވެ. މި ފިޔަވަޅަކީ، ފަޤީރުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އެފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޒަކާތުގެ ނިޒާމުގެ ތެރެއިން ލިބޭ އެހީގެ މުހިއްމު މިސާލެކެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.