ސުވާލާއި ޖަވާބު ނަމާދަށް ހުންނަ މީހެއްގެ ކުރި ކެނޑޭނީ ކިހާ ހިސާބަކުން؟

ނަމާދަށް ހުންނަ މީހެއްގެ ކުރި ކެނޑޭނީ ކިހާ ހިސާބަކުން؟

ނަމާދަށް ހުންނަ މީހެއްގެ ކުރި ކެނޑޭނީ ކިހާ ހިސާބަކުން؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސުވާލު:

ނަމާދަށް ހުންނަ މީހެއްގެ ކުރި ކެނޑޭނީ ކިހާ ހިސާބަކުން ހިނގާފައި ދިއާމަތަ؟

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ.
(لَوْ يَعْلَمُ الْمَارُّ بَيْنَ يَدَيْ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ قَالَ أَبُو النَّضْرِ لَا أَدْرِي أَقَالَ أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً) (ބުޚާރީ ޙަދީޘް ނަމްބަރު : 480)

މާނައީ : ނަމާދުކުރާ މީހާގެ ކުރިމަތިން ހިނގުމުގައިހުރި ( ފާފައިގެ ބޮޑުކަން ) އެނގޭނަމަ ސާޅީސްވަންދެން ކޮޅަށް ހުރުންވެސް އޭނާއަށް ހެޔޮކަން ބޮޑުވީހެވެ.''

އަބޫނަޟްރު ވިދާޅުވިއެވެ. ޙަދީޘްކުރެއްވީ ސާޅީސް ދުވަސް ކަމެއް ސާޅީސްމަސްކަމެއް، ސާޅީސް އަހަރުކަމެއް އަހަރެންނަކަށް ނޭނގެއެވެ.''

އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމަކީ ސުންނަތެކެވެ. ބައެއް ދަންނަބޭކަލުން ވާޖިބުކަމުގައި ވިދާޅުވެއެވެ.( ތަނބެއް، ފާރެއް އަދި މިނޫންވެސް ކުރިމަތީގައި ހުރަހެއްގެ ގޮތުގައި ބެހެއްޓޭ ކޮންމެ އެއްޗެއް ސުތުރާއެއްކަމުގައި ބެލެވޭނެއެވެ.)

އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާ އެއް ބަހައްޓާފައި ހުރިނަމަ އެސުތުރާ އާއި ނަމާދުކުރާ މީހާއާއި ދެމެދު ހިނގުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް އެ ސުތުރާގެ ފަހަތުންހިގުމަކީ ހުއްދަކަމެކެވެ. ސުތުރާ ހުންނަން ޖެހޭނީ ގާތްގަނޑަކަށް ނަމާދުކުރާ މީހާ އާ ތިން މުށް ވަރު ކައިރީގައެވެ. އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާއެއް ބަހައްޓާފައި ނެތްކަމުގައި ވިޔަސް އެމީހާއާއި ގާތް ގަނޑަކަށް ތިން މުށަށްވުރެ ކައިރިން ނުވަތަ ސަޖިދަ ޖަހާ ހިސާބުން ހުރަސް ކުރުން ޙަރާމްވެގެންވެއެވެ.  ތިން މުށަށްވުރެ ދުރުން  ނުވަތަ ސަޖިދަ ޖަހާ ހިސާބަށް ވުރެ ދުރުން ހުރަސްކުރުން ހުއްދަކަމުގައި ތަޙްޤީޤު ކުރެއްވި ބައެއް ދަންނަ ބޭކަލުން ވިދާޅުވެއެވެ.

ނަމަވެސް ނަމާދުކުރާމީހާގެ ކުރިމަތިން ނުހިނގުން އައުލާކަން ބޮޑެވެ. އިމާމެއްގެ ފަހަތުގައި ނަމާދު ކުރާމީހުންގެ ކުރިމަތިން ހިނގުން ޙަރާމްވެގެން ނުވެއެވެ. އެހެނީ މައުމޫމުންގެ ސުތުރާއަކީ އިމާމު މިހާ ނުވަތަ އިމާމު މީހާގެ ސުތުރާއެވެ. ނަމަވެސް އައުލާކަން ބޮޑީ ބޭނުމަކަށްޓަކައިމެނުވީ މައުމޫމުންގެ ކުރިމަތިންވެސް ނުހިނގުމެވެ.

والله أعلم

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.