އަބަދުވެސް ސަޖިދަ ޖަހަން ޖެހޭނީ އެއްހަމަ ތަނެއްގައި" ކަމަށް އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެ އެވެ".
ޝައިޚް އިލްޔާސް ޖަމާލު މިހެން ވިދާޅުވީ މަސްޖިދުއްޖަލާލުއްދީން ގައި ބޭއްވި ދަރުސެއްގައެވެ.މިއީ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކޮށްގެން ބޭއްވި ދަރުސެއްގައެވެ. ޝައިޚްގެ ވާހަކަފުޅުގައި "އެއް ހަމަ ތަނެއްގައި ސަޖިދަ ނުޖެހޭނަމަ، ނަމާދުގެ ރުކުނެއް ގެއްލުނީ ކަމަށާއި އެހެން ކަމުން ސިޑިމަތީގައި ހުރެފައި ދެހަރުފަތް ނުވަތަ ތިންވަނަ ހަރުފަތަށް މައްޗަށް ސަޖިދަ ކުރާމީހުންގެ ނަމާދު ބާޠިލް ވާނެ" ކަމަށް ވިދާޅުވެފައިވެއެވެ.
ސަޢުދީ އަރަބިއްޔާގެ ފަޠުވާ ކޮމެޓީގެ ފަޠުވާ ގައިވެސް ވަނީ ސިޑީގައި ކުރާ ނަމާދަކީ ބާޠިލް ނަމާދެއް ކަމަށާއި މިސްކިތް ފުރިގެން، މިސްކިތުގެ ބޭރު ފުރިގެން، އަދި މަގުމަތިވެސް ފުރިފައިވާ ޙާލަތެއްގައި އޭނާ އަށް ނަމާދު ނިމެންދެން މަޑުކޮށްލުމުގެ އުޛުރު ލިބިގެންވާކަމަށް ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ އެގޮތަށް މަޑުކޮށްލުމަށް ފަހު އޭނާއަށް އެނަމާދު ކުރެވޭނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި އަޖުރު ދެއްވަނީ މާތް ﷲ ކަމަށާއި ތިމާއަށް ނުއުފޭލޭ ވަރުގެ ތަކުލީފެއް ﷲ މީހަކަށް ނުޖައްސަވާނެ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...