ދިއިސްލާމް ކީރިތި ޤުރުއާންގައިވާ ޖިހާދުގެ އާޔަތްތައް އިސްލާމް މާއްދާގެ މުގައްރަރުން އުނިކުރުމުން މުޒާހަރާކޮށްފި.

ކީރިތި ޤުރުއާންގައިވާ ޖިހާދުގެ އާޔަތްތައް އިސްލާމް މާއްދާގެ މުގައްރަރުން އުނިކުރުމުން މުޒާހަރާކޮށްފި.

ކީރިތި ޤުރުއާންގައިވާ ޖިހާދުގެ އާޔަތްތައް އިސްލާމް މާއްދާގެ މުގައްރަރުން އުނިކުރުމުން މުޒާހަރާކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ އިރުދެކުނު ފްރޮވިންސް ހައިބަރ ޕަހުންތުހުވާގެ ކާނާތު ފިޔާގެ ވެރިކަން ކުރާ ޕާޓީއެއްކަމުގައިވާ އަވާމީ ނެޝަނަލް ޕާޓީ ކީރިތި ޤުރުއާންގައިވާ ޖިހާދު އާޔަތްތަށް ސާނަވީ ދަރިވަރުންގެ މުޤައްރަރުން އުނިކުރުމުން މުޒާހަރާ ކުރަންފަށައިފިއެވެ. މިޕާޓީއަކީ ޕާކިސްތާނާއި އަޕްޣާނިސްތާންނާއި އިންވެގެން އޮންނަ ސަރަހައްދަށް ނިސްބަތް ވާ ޕާޓީއެކެވެ.

މުޒާހަރާ ކުރަނީ ބައެއް ދީނީ ޕާޓީތަކާއި އަދި ޓީޗަރުންނެވެ. އިސްލާމް އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ޕޮރްވިންސްގެ އިސްވެރިއެއް ކަމުގައިވާ ޕްރޮފޭސަރ ޒާހިރު ސާހް ބުނިގޮތުގައި މިއީ އަވާމީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ ރުހުން ހޯދުމަށްޓަކައި ކުރާ ވަރަށް ނޭއްގާނި އަދި ލަދުވެތި އަމަލެއްކަމަށެވެ. ޒާހިރު ސާހްއަކީ ޓީޗަރ އެސޯޝިއޭސަންގެ އިސްފަރާތެކެވެ.

ސާހް ބުނިގޮތުގައި ކިރިތި ޤުރުއާންގައިވާ ޖިހާދުގެ އާޔަތްތަކަކީ މުޤައްރަރުގައި އެ އުމުރުފުރާގެ ހިމަނަން ކޮންމެހެން ވެސް މުހިއްމު އާޔަތްތަކެއްކަމަށާއި އަދި މީގެ ކުރީގެ މުޤަރައްރުގައި އުނިކޮށްފައި ވާ ރަސޫލާގެ 50 ހަދީޝް ވެސް ހިމަނަން ޖެހޭނެކަމަށެވެ. އިގިރޭސި ބަހުން ނެރެފައިވާ ފޮތްތަކުން ވެސް ދީނާއި ބެހޭ ވަރަށް ގިނަ ބައިތަށް ވަނީ އުނިކޮށްފައިކަމަށާއި އަދި މިއީ ކަޑައެޅިގެން ހުޅަނގުގެ ފަރާތްތަކާއި ގުޅިގެން ދަރިވަރުންގެ ކިބައިން އިސްލާމްދީން ނައްތާލަން ކުރާ މަސައްކަތް ކަމުގައި ސާހް ތުހްމަތުކުރެއްވިއެވެ.

މިމުޒާހަރާތަކުގައި މިހާރު އިތުރު ސިޓީތަކުން ދަނީ ބައިވެރި ވަމުންނެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ޓީޗަރުންނާއި ދަރިވަރުންނާއި އަދި އާންމު ފަރާތްތައް ވެސް ހިމެނެއެވެ. އަދި ސަރުކާރަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. 15 ދުވަހުގެ ތެރޭގައި ބަދަލު ނުގެނެސްފިނަމަ މިއަށް ވުރެއް މުޒާހަރާތަށް ވަރުގަދަ ކުރާނެކަމުގެ އިންޒާރު ވަނީ މުޒާހަރާކުރާ ފަރާތްތަކުން  ދީފައެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.