ސުވާލާއި ޖަވާބު ފިރިމީހާ އަނބިމީހާ ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ނުކޮށް ހިތައްއެރި ގޮތަކަށް އުޅެމުން ދިޔަޔަސް އަނބިމީހާ ފިރިމީހާއަށް ކިޔަމަން ވާންޖެހޭނެތޯ؟

ފިރިމީހާ އަނބިމީހާ ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ނުކޮށް ހިތައްއެރި ގޮތަކަށް އުޅެމުން ދިޔަޔަސް އަނބިމީހާ ފިރިމީހާއަށް ކިޔަމަން ވާންޖެހޭނެތޯ؟

ފިރިމީހާ އަނބިމީހާ ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ނުކޮށް ހިތައްއެރި ގޮތަކަށް އުޅެމުން ދިޔަޔަސް އަނބިމީހާ ފިރިމީހާއަށް ކިޔަމަން ވާންޖެހޭނެތޯ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސުވާލު:

ފިރިމީހާ އަނބިމީހާ ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ނުކޮށް ހިތައްއެރި ގޮތަކަށް އުޅެމުން ދިޔަޔަސް އަނބިމީހާ ފިރިމީހާއަށް ކިޔަމަން ވާންޖެހޭނެތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އަނބިމީހާ ފިރިމީހާއާއިއެކު އުޅެން ބޭނުން ނުވެއްޖެނަމަ އޭނައަށް "ޚުލްޢު" އަށް އެދުމުގެ ފުރުޞަތު އިސްލާމްދީނުގައި އޮވެއެވެ. "ޚުލްޢު" އަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ހަދިޔާއެއް ނުވަތަ ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ނުވަތަ އެއިން ބައެއް ދިނުމަށްފަހު ކައިވެނިރޫޅާލުމަށް އެދުމެވެ.

މިކަމުގެ ދަލީލަކީ ސާބިތުބިން ގައިސްގެ އަބިކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސްދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ސާބިތްބިން ގައިސްގެ އަޚުލާގާއިދީންވެރިކަމާއި ބެހޭގޮތުން ބަދުބަހެއް ބުނާކަށް އަހުރެންބޭނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްވުމަށްފަހު ކުފުރުވުމަށް އަހުރެއް ނުރުހެމެވެ. (މާނައަކީ އިސްލާމްވުމަށްފަހުގައި ކާފިރުކަމުގެ އަޚްލާޤަށް ނުވަތަ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދެއްކުމުގެސިފަ ގެންގުޅޭކަށް ތިމަންކަމަނާ ނުރުހެމެވެ. ތިމަން ކަމަނާ ސާބިތްބިންގައިސް އާ އެކު އުޅޭކަމުގައިވާނަމަ ނުކިޔަމަންތެރިވެވިދާނެއެވެ. ނުވަތަ ސާބިތްބިންގައިސްއާ އެކު އުޅެންވެއްޖެނަމަ ތިމަންކަމަނާ ކުފުރުގެ ތެރެއަށް އެބުނރި ހިނގައިދާނެއެވެ.) ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ކަމަނާ ސާބިތް ބިން ގައިސްގެ ހަދީގާ(ބަގީޗާ) އަނބުރާ ދެއްވާހުށީމު ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސާބިތް ބިން ގައިސްއާއި މުޚާޠަބުކުރައްވާ ހަދީޘްކުރެއްވިއެވެ. އެ ހަދިޔާ ޤަބޫލުކޮށް އެކަމަނާ ދޫކޮށްލާށެވެ." (ނަމަވެސް މިފަދަ ނިންމުމަކާ ހަމަޔަށް ދިއުމުގެކުރިން ދެމަފިރިން ރަނގަޅަށް މަޝްވަރާކޮށް ދެމީހުން އެކުގައި އުޅެވޭތޯ މަސައްކަތްކޮށް އެކަމަށް ތައުފީޤުދެއްވާތޯ ދުޢާކުރަން ވާނެއެވެ. ތިމާޔަށް ހެޔޮއެދޭ ޞާލިޙް ފިރިއެއް ލިބުމަކީ ވަރަށްބޮޑު ނިޢުމަތެކެވެ.  "އެއްޗެއްގެ އަގު ވަޒަންކުރެވޭނީ އެއެއްޗެއް ތިމާގެ އަތުން ބީވެގެން ދިޔުމުންނެވެ.") والله أعلم

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.