ރާއްޖޭގެ ޚަބަރު ބަނގުރާ ފުޅިތަކަކާއެކު ރީކޯ މޫސަގެ ދަނބިދަރި ޖާވިދު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ރީކޯ މޫސަގެ ދަނބިދަރި ޖާވިދު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ރީކޯ މޫސަގެ ދަނބިދަރި ޖާވިދު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖާވިދު - ފޮޓޯ : ސަން އޮންލައިން

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަގެ ދަނބިދަރި އަދި ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ޖާވިދު، ބަނގުރާފުޅިތަކަކާއެކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ޖާވިދު ހައްޔަރު ކުރީ ރޭ 22:30 ހާއިރު ޖާވިދު ދިރިއުޅޭ ގެއިން ކަމަށާއި، ހައްޔަރު ކުރީ ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ފުޅިތަކެއް ފެނިގެން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޖާވިދު ހައްޔަރުކޮށްފައިވަނީ ހަތް ބަނގުރާފުޅިއާއިއެކު އޭނާ ދިރިއުޅެމުން އަންނަ  މ. ޖަރީމާ ގެއިންނެވެ. ޖާވިދު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭނާ އޭޑިކޭ ހޮސްޕިޓަލުގައި ބާއްވާފައިއޮތީ ކީއްވެގެން ކަމެއް އެނގިފައެއްނުވެއެވެ.

މީގެ ދެ އަހަރު ކުރިން ޖާވިދުގެ ބަފައިބެ މޫސާ މަނިކުގެ ކާރުގެ ޑިކީގެ ތެރެއިން ވެސް 168 ފުޅި ބަނގުރާ ފެނިފައިވެއެވެ. އެ މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރުކޮށް އޭގެ ތެރެއިން ތިން މީހަކު އަހަރު ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.