ދިއިސްލާމް އައިފޯން 5 ގެ އިންތިޒާރުގައި ތިއްބާ އައިފޯން 4 އެސް ނެރެފި.

އައިފޯން 5 ގެ އިންތިޒާރުގައި ތިއްބާ އައިފޯން 4 އެސް ނެރެފި.

އައިފޯން 5 ގެ އިންތިޒާރުގައި ތިއްބާ އައިފޯން 4 އެސް ނެރެފި.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެތައްބަޔަކު އެޕަލް އައިފޯނަށް ކުރިން އުންމީދުތަށް ފަނުފުލުން ލައިފިއެވެ. އެޕަލްގެ ގީކުން ރެޔާއި ދުވާލު އައިފޯނުފަހެއްގެ މޮޅުވާހަކަ ދައްކަމުން ގެންގޮސްފައިވަނީ އައިފޯންފަހަކީ މިހާތަނަށް ނެރޭނެ އެންމެ ފެންވަރު ރަނގަޅު ފޯނުކަމަށް ބުނަމުންނެވެ. އެހެންނަމަވެސް މިހުރިހާ އުންމީދެއް ފެނަށް ވެގެން ދިއައީ އެޕަލްއިން އިއްޔެ ބޭއްވި "އޯލްތިންގް ޑިޖިޓަލް" ގައި "ލެޓްސް ޓޯލްކް އެބައުޓް އައިފޯން" މިސިޔާރުގެ ދަށުން އައިފޯން 4 އެސްގެ ވާހަކަ ދެއްކުމުންނެވެ.

އައިފޯން ފޯއެސް ބާޒާރަށް ނެރެން ހަމަ ޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އައިފޯން 4 އެސްގައި ރަންކުރާ އޮޕްރޭޓިން ސިސްޓަމްއަކީ އައިއޯއެސް ފަހެކެވެ. މި އޯއެސް މި މަހުގެ 12 ވަނަ ދުވަހު ނެރޭނެއެވެ. މި އޮޕަރޭޓިން ސިސްޓަމްގެ ސަބަބުން އަލަށް 200 ފީޗާއެއް ހިމެނިގެން ދާއިނެކަމަށް އެޕަލް އިން ބުނެއެވެ.

މީގެ 15 މަސް ދުވަސް ކުރިން ނެރުނު އައިފޯން 4 އާއި ފަހުން ނެރުނު އައިފޯން 4އެސް ބައްޓަމާއި ސައިޒުގެ އެއްވެސް ތަފާތެއް ނެތެވެ. ފޯނު ބޭރުން ބަލާފަ ވަކިކުރަން ނޭގޭނެއެވެ. މިސަބަބާހުރެ ގިނަ މީހުންގެ ފާޑުކިއުން އަންނަނީ އެޕްލައަށް އަމާޒުވަމުންނެވެ. މިފޯނު މީޑިއާއަށް ހިއްސާކުރުމާއިއެކު އެޕަލްގެ ޝެއާރވަނީ ތިރިއަށް ޖެހިލާފައެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި "އައިފޯން 4 އަށްވުރެ، ބެޓެރިއާއި، ކެމެރާ އަދި ޕްރޮސެސަރ ތަރައްގީކޮއްފައި ވީނަމަވެސް މިފޯނު ބާރު ސްޕިޑުގައި ނުވިކޭނެއެވެ. މިފޯނަށް މީހުންދޭ ތަރުހީބުވެސް ކުޑަވާނެއެވެ.  ސަބަބަކަށް ވަނީ އައިފޯން މީހުން ގަންނަނީ އެއިގެން ކުރެވޭ ބޭނުމަށްވުރެ ފޮނި ދެއްކުމުގެ ބޭނުމުގައެވެ. ދެފޯނު ބަލާބެލުމަށް އެއްގޮތް ވީމާ "ޝޯއޮފް" ކުރާމީހުންނަށް އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. "

ކުރީގެ އައިފޯން 4 އާއި މިފޯނުގެ މައިގަނޑު ތަފާތުތަކަށް ބަލާލާއިރު އެންމެ ބޮޑު ތަފާތަކަށް ފާހަގަ ކުރެވެނީ އެޕަލް އައިޕެޑް 2 ގައި ހިމަނާފައިވާ އޭ 5 ޕްރޮސެސަރ މި ފޯނުގައި ހިމަނާފައިވާކަމެވެ. އައިފޯން 4 އެސްގައި ސީޑީއެމް ޢޭ މޮޑެލްގައި ގްލޯބަލް ރޯމިންގ ހިމެނޭއިރު އައިފޯން 4 ގައި ނުހިމެނެއެވެ.  4 އެސްގެ 16،32 އަދި 64 ޖީބީ ގެ މޮޑެލްސް ހުންނައިރު އައިފޯން 4 ގެ ހުންނަނީ 16 އާއި 32 ޖީބީ މޮޑެލްސް އެކަންޏެވެ. 4 އެސް ގެ ކެމެރާގައި 8 މެގަޕިކްސެލް ވާއިރު އައިފޯން 4 ގައި ހުންނަނީ 5 މެގަޕިކްސެލްއެވެ. 4 އެސް އިން 1080ޕިކްސެލް (ސިކުންތަކު 30 ފްރޭމް) ވީޑިއޯ ރެކޯޑު ކުރެވޭއިރު  އައިފޯން 4 އިން ކުރެވެނީ 720ޕިކްސެލް (ސިކުންތަކު 30 ފްރޭމް). 4 އެސް ގެ ބެޓެރީ ފުލް ޗާޖް ކުރުމުން 3ޖީ ގައި 8 ގަޑިއިރު ވާހަކަދެއްކޭނެއެވެ.  އައިފޯން 4 ގައި ދެއްކެނީ 7 ގަޑިއިރުއެވެ.   4އެސް ގެ ބަރުދަނުގައި 140 ގްރާމްހުންނައިރު އައިފޯން 4 ގެ ބަރުދަނުގައި 173 ގްރާމް ހުރެއެވެ. 4 އެސްގެ ކޮންޓްރެކްޓް ރީޓެއިލް އަގު އުޅެނީ 199 ޑޮލަރާއި 399 ޑޮލަރަށެވެ.  އައިފޯން 4 ގެ އަގު އުޅެނީ 199 އާއި 299 ޑޮލަރަށެވެ. އެކަމަކު ރާއްޖެއިން ލިބޭނީ މީގެ ތިން ގުނަ އަގުބޮޑުކޮންނެވެ. މި ކޮންފިގަރޭޝަން އަށް ބަލާލާއި އިރު ހައިރާން ވާކަށް ނުޖެހެއެވެ.  ފަހުން ނެރެފައިވާ ފޯނުތަކުގައި މި ފީޗާތަކުގެ އިތުރުން މުހިންމު އެތަކެއް ފަސޭހަތަކެއް ހިމަނާފައިވެއެވެ. މިސާލަކަށް ސެމްސަންގް ގެލެކްސީ އެސް 2 އާއި ވާދަކޮއްލާއިރު އައިފޯން 4 އެސް ޖެހެނީ އިސްޖަހާލާށެވެ. އެންމެ ކުޑަވެގެން މިހާރު މަސްހޫރުވަމުން އަންނަ 4ޖީގެ ނެޓްވޯކް ތަކުގައި އައިފޯން 4 އެސް ބޭނުން ނުކުރެވޭނެވެ.

އެޕްލަގެ  ކުރީގެ ސީއީއޯ ސްޓީވްޖޮބްސް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ޓިމް ކުކް އިސްކޮން ހުންނަވައިގެން ދެއްވި މިކީނޯޓްގައި އައިފޯން 4 އެސްގެ އިތުރުން އެޕަލްގެ އިތުރު އުފެއްދުންތަކާއި މައުލޫމާތުވަނީ ހިއްސާކޮއްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.