ރާއްޖޭގެ ޚަބަރު މާދަމާއަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި

މާދަމާއަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕޯސްޓަރ : ޢަލީ މާހިރު

މާދަމާއަކީ 1432 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1 ވަނަ ދުވަސް ކަމަށާއި މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައި އިޢުލާންކޮށްފިއެވެ.

ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމެވުމަށް އެ މިނިސްޓްރީން މިރޭ އިސްލާމީ މަރުކަޒްގައި ބޭއްވި ޖަލްސާއަށް ފަހު ހަނދާއި ބެހޭ ބަޔާން އިއްވަވާދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރގެ ނައިބް އައްޝައިޚް މުޙައްމަދު ފާރޫޤް އެވެ.

"ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައި ނުވި ކަމުގައި ވިޔަސް އިސްލާމީ ޤައުމުތަކުގެ ތެރެއިން ބައެއް ޤައުމުތަކަށް ޝައްވާލް މަހުގެ ހަނދު ޘާބިތުވެއްޖެ ކަމުގެ ރަސްމީ ޚަބަރު ލިބިފައިވާތީ އާއި ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ޘާބިތުކުރުމުގައި ރާއްޖޭގައި ޢަމަލްކުރުމަށް ހަމަޖެހިފައިވާ އުޞޫލްގައިވާ ގޮތުގެ މަތިން، މާދަމާ މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ އޯގަސްޓް 30 ވާ އަންގާރަ ދުވަހަކީ ހިޖްރީ ސަނަތުން 1432 ވަނަ އަހަރުގެ ޝައްވާލް މަހުގެ އެއްވަނަ ދުވަސް ކަމުގައްޔާއި އެދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅާ ނިންމައިފީމެވެ." އެ ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނާއި އިސްލާމީ އުއްމަތަށް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވައެވެ.

ޓެގް

ފިޠުރު ޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.