ސުވާލާއި ޖަވާބު ޤުރުއާން ކިޔަވާއިރު އައުރަ ނިވާކުރުން

ޤުރުއާން ކިޔަވާއިރު އައުރަ ނިވާކުރުން

ޤުރުއާން ކިޔަވާއިރު އައުރަ ނިވާކުރުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު:ޤުރުއާން ކިޔެވުމުގައި އަންހެނުން އެމީހުންގެ މޫނާ ދެއަތްތިލަނޫން އެހެން ތަންތަން ނިވާކުރަންޖެހޭނެތޯ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

އަންހެނާއަށް ޙިޖާބު ނާޅައި ޤުރުޢާން ކިޔެވުމީ ހުއްދަކަމެކެވެ. ޤުރުއާން ކިޔެވުމަށް ނުވަތަ ޒިކުރު ކުރުމަށް އަޢުރަ ނިވާކުރުމަކީ ކޮންމެހެން ޝަރުޠެއްނޫނެވެ. އަންހެނާއަށް ޙިޖާބުއެޅުން ލާޒިމްވެގެންވަނީ ހިލޭ ފިރިހެނުންނަށް ފެނިދާނެކަމުގެ ބިރުހީވާ ތަނެއްގައެވެ. އެހިނދު އޭނައަށް ޙިޖާބުއެޅުން ނުވަތަ އައުރަ ނިވާކުރުން ވާޖިބުވެގެންވެއެވެ. އަދި ނަމާދުގައިވެސް މޫނާއި ދެއަތްތިލަ ނޫން ހުރިހާ ތަނެއްނިވާ ކުރުމީ އަންހެނާއަށް ވާޖިބުވެގެންވާ ކަމެކެވެ.

ނަމަވެސް މުސްލިމަކު ޤުރުޢާން ކިޔަވާނަމަ ނުވަތަ ޒިކުރުކުރާނަމަ އޭނަގެ އައުރަ ނިވާކޮށް ރިވެތި ހައިއަތެއްގައި ހުރުމީ އެދެވިގެންވާ ކަމެކެވެ. ޤުރުއާން ކިޔަވާއިރު އައުރަނިވާކުރުމީ ޤުރުއާނަށް މާތްކޮށް ހިތުމުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ. އަދި ޒިކުރުވެސް މިފަދައެވެ.

والله أعلم.

ޓެގް

ފަތުވާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.