ރިޕޯޓް ރަމަޟާން މަހަކީ ދިވެހިން ނާޗަރަންގީކުޅޭ މައްސަރެއްހެއްޔެވެ؟

ރަމަޟާން މަހަކީ ދިވެހިން ނާޗަރަންގީކުޅޭ މައްސަރެއްހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެތަށްގޮތަކުން ރަމަޟާންމަސް މުސްލިމުންނަށް ޙާއްސަވެފައިވަނީ ރަމަޟާންމަހަކީ  ބަރަކާތްތެރި މައްސަރަކަށް ވާތީއެވެ.  ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. އެހެންނަމަވެސް ބަޔެއް މީހުންނަށް ހީވެފައި އޮންނަނީ އެއީ ނާޗަރަންގީ ކުޅުމުގެ މައްސަރެއްކަމަށެވެ. ޓީވީތަކުންނާއި ރޭޑިއޯޗެނަލްތަކުން ތަފާތު ބާވަތްތަކުގެ ޕޮރޮގްރާމްތަށް ރާވާ އެމީހުންގެ ވިޔަފާރިއަށް ނަފާލިބޭ މަހަކަށް އޮންނަނީ ޒަމާނުންސުރެ ވެފައެވެ. އެހަދާނާއި، ލޯބީގެ ދަރުބާރާއި ފުރުސަތުގެ ފުރުސަތާއި، ނަންހުސްކޮށް ކުޅިވަރާ މަޖަލުގެ ޕްރޮގްރާމްތަކެވެ. އެހެންނަމަވެސް މިއީ ހުރިހާ ދިވެހިން ރަމަޟާންމަހުގެ ރޭތަށް އިޙްޔާކުރާ ގޮތެއްނޫނެވެ.

ކަންމިހެން ހުރިއިރު ރާއްޖޭގެ ރީތިކަމާއި ސަޤާފަތް ގާތުން ދެކިލުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރު ވެރިންނަށް ދިވެހިން ރަމަޟާންމަހުގައި ކުރަމުން މިގެންދާ އަޅުކަން ސިފަ ކޮއްދީފައިވާ ގޮތަށް ބަލާލުމަކީ މުހިންމުކަމެކެވެ. ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. އެހެންނަމަވެސް ފަތުރުވެރިންނަށް ނުވަތަ މުޅިދުނިޔެއަށް ބަރަކާތްތެރި ރަމަޟާންމަހާއި ދިވެހިން ބައްދަލުކުރާ ގޮތާއިމެދު ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމުގެ ނަމުގައި މަސައްކަތް ކުރާ ވެބްސައިޓްތަކުން ފަތުރަމުންދަނީ ދިވެހިންނާއި މުސްލިމުންގެ އަގު ވައްޓާލާ މިބަރަކާތްތެރި މަހުގައި ކުރަމުންގެންދާ އަޅުކަމަށް ހުތުރުވާފަދަ ބަސްތަކަކުންނެވެ.

އެހެންނަމަވެސް ޒަމާނުންސުރެ ޓީވީތަކުންނާއި ރޭޑިއޯތަކުން ބަރަކާތް ތެރި  ރަމަޟާންމަހަށް ތައްޔާރުވަމުންދާއިރު މިފަދަ ކަންކަން ނުކުރާ ވާހަކައެއްނޫނެވެ. ބަޔަކު ރޯދަ ކުރު ކުރުމުގެ ނަމުގައާއި ހާރުދަމުގެ ނަމުގައި ނާޗަރަންގީ ކުޅުނަސް އެއީ ރަމަޟާންމަހާއި ގުޅުވައިގެން ކުރެވޭ ކަމެއްނޫނެވެ. ރޯދަވެރިޔާ ކުރާން ނުވަތަ ކުރަން ހަމަޖެހި ފައިވާކަމެއްވެސް ނޫނެވެ.

ރާއްޖެ ޓޫރިޒަމް އިސްތިޙާރު ކުރުމަށް www.tourisminmaldives.com ގެނަމުގައި ބަރަކާތްތެރި "ރަމަޟާން މަހުގައި ދިވެހިރާއްޖެ" މިނަމުގައި ލިޔެފައިވާ އިބާރާތް ކޮޅު ކިޔާލާށެވެ. އިސްލާމީއުއްމަތެއްގެ އެއްވެސް މީހަކު ރަމަޟާން މަހާއި ގުޅިގެން މިއިބާރާތުގައިވާ ގޮތަށް ކަންކޮއްފާނެކަމާއި މެދު ޝައްކެވެ.

Ramadan in Maldives is celebrated with a lot of musical and dance programs. People gather together and sing traditional songs. Traditional dance performances and poetry recitations are also held in the Ramadan festival. Folk dances are held as well as modern jazz performances. Poetry competitions and recitations are also organized in Maldives festivals. The poets are asked to recite Raivaru, a traditional form of poetry recitation.

މިއާރޓިކަލް އެއްކޮން ކިއުއްވާ!

http://www.tourisminmaldives.com/about-maldives/ramadan-in-maldives.html

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.