ސައިންސާއި ޓެކް އުސާމާގެ ވީޑިއޯއާއި ފޮޓޯބެލުމަށް ފޭކް ލިންކްތަކެއް ފެތުރެނީ.

އުސާމާގެ ވީޑިއޯއާއި ފޮޓޯބެލުމަށް ފޭކް ލިންކްތަކެއް ފެތުރެނީ.

އުސާމާގެ ވީޑިއޯއާއި ފޮޓޯބެލުމަށް ފޭކް ލިންކްތަކެއް ފެތުރެނީ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އުސާމާގެ މަރާއި ގުޅުވައިގެން ސްޕޭމަރސްއާއި  ސްކޭމާރސްއިން ދަނީ އެއިގެ ނާޖައިޒް ފައިދާ ބޭނުން ކޮއްގެން ސްޕޭމްތަކާއި ސްކޭމްތަށް ފޮނުވަމުން ނެވެ. އެގޮތުން އުސާމާގެ މަރުގެ ފޮޓޯތަކާއި ލައިވް ވީޑިއޯބެލުމަށާއި، އުސާމާ މަރުނުވާކަމަށް ބުނާ ސާބިތު ހެކިތަކެއްގެ ވާހަކައާއި ވިކިލީކްސްއިން އުސާމާ މަރާލި މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ވިކިލީކްސް އިން ލީކްކޮއްލި ކަމަށް ބުނެ ފޭކް ލިންކް ތަކެއްގެ ވާހަކަ އެވެ.

އުސާމާގެ މަރާއިގުޅިގެން ފޮޓޯއާއި ވީޑިއޯ ފެންނާނެ ކަމަށްބުނެ ފަތުރަމުންދާ މިފަދަ ލިންކުތަކަށް ސަމާލުވުމަށް ސެކިއުރިޓީ މާހިރުން ވަނީ ލަފާއަރުވާފައެވެ. އާންމުކޮން ހޫނުޙަބަރު ތަކާއި ގުޅޭގޮތުން މިފަދަ ސްޕޭމްތަށް ފެތުރުން އެއީވަރަށް އާންމުކަމެކެވެ. ހޫނުޙަބަރުތަށް ކިޔުމުގެ ބޭނުމުގައި އެކަހަލަ ބޭކާރު ލިންކް ތަކަށް މީހުން ކްލިކް ކުރާލެއް އަވަސް ވާނެތީއެވެ.

މެއިލް އިންބޮކްސް އިން ނުވަތަ ސޯސިއަލްނެޓްވޯރކް، ފޭސްބުކް، ޓްވިޓާރފަދަ ސައިޓްތަކުން ފެތުރެމުންދާ މިފަދަ ލިންކްއެއް ވޯލްއިން ނުވަތަ ޗެޓްލޮގް އިންނަމަވެސް ލިބިދާނެއެވެ. އެއިގެ ލިންކް އަކަށް ފިތާލައިފި ނަމަ އެކުވެރިން ލިސްޓްގައިވާ ހުރިހާ އެކުވެރިންނަށް ލިންކް ފޮނުވާލާނެއެވެ. އަދި އެކުވެރިންގެ ވޯލްގައި އެލިންކް ޕޯސްޓްވެސް ކުރެވޭނެއެވެ. މިފަދަ ސްޕޭމްއެއްގެ ސަބަބުން ކޮންޕިއުޓަރއަށާއި ލޮގިން އައިޑީއަށް ނުރައްކާތެރި ވައިރަސްގެ އަސަރު ކޮއްފާނެއެވެ.  އެހެންކަމުން ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުން ކުރުމާއި އެންޓިވައިރަސް ސޮފްޓްވެއަރ އަޕްޑޭޓް ކޮއްފައި ބެހެއްޓުމަށާއި ގޮތްނޭންގޭ ލިންކްތަކަށް ނުފިތުމަށް  ސަމާލުވާން ޖެހެއެވެ.

މިކަމާއި ގުޅިގެން ފޭސްބުކް ސެކިއުރިޓީ އިން ބުނެފައިވަނީ މިކަމަށް ސަމާލުވުމަށާއި މިފަދަ ލިންކް އެއް ނުވަތަ ޕޯސްޓް އެއްފެނިއްޖެނަމަ ރިޕޯރޓް ކުރުމަށެވެ. ރިޕޯރޓް ކުރާނެ ގޮތަކީ ޕޯރސްޓްގެ ކަނާވީފަޅިއަށް މައުސް ގެންދިއުމުން އަރާ ރަސްގެ ފާހަގަ އަށް ފިތާލުމުން ހުޅުވޭ ކުޑަ ގޮޅީގެ އެންމެ ތިރީގައިވާ "ރިޕޯރޓް އޭސް ސްޕޭމް" އަށް ފިތާލާށެވެ. އަދި ޕްރައިވެސީ ސެޓިންގް އިން ވޯލްގައި ކޮންމެ ކޮންމެ މީހަކަށް ނުލިޔެވޭ ގޮތްވެސް ހެދިދާނެއެވެ. އަދި ލިންކް އަކަށް ފިތުމުގެ ކުރިން ރަނގަޅަށް ކިޔާލުން ވަރަށް މުހިންމެވެ . އެއީ އާންމުކޮން އެކަހަލަ ލިނކް ތަކުގައި އިގިރޭސިން އިބާރާތް ކުރުމުގައާއި ސްޕެލިންގްގައި ވަރަށް މައްސަލަ ހުންނާނެއެވެ. އަދި ލިންކް އަށް ބަލާލުމުން އެހެންލިންކް ތަކާއި ތަފާތުވާނެއެވެ. މިގޮތުން މިހާރު ފެތުރެމުންދާ ލިންކް އަކީ http://on.fb.me/eeeeeeeee

އެވެ.

ހަމަ މިގޮތަށް ފޭސްބުކް ޕްރޮފައިލް ބަލާފައިވަނީ ކިތައްމީހުންކަން އިނގޭނެކަމަށްބުނާ ލިންކެއްވެސް ފޭސްބުކްގައި ދަނީ ހަލުވިކަމާއި އެކު ފެތުރެމުން ނެވެ. މިކަމާއިގުޅިގެން ފޭސްބުކްއިން ހާމަކޮއްފައިވަނީ ފޭސްބުކް ޕްރޮފައިލް އަށް ޒިޔާރަތް ކޮއްފައިވާ މީހުންގެ އަދަދު އިންގޭނެގޮތެއް ނީންނާނެ ކަމަށެވެ.

މިޔަދު އެންމެބާރަށް ފެތުރެމުންދާ ޙަބަރަކީ އެމެރިކާގެ ވައިޓް ހައުސްއިން އުސާމާ ބިންލާދިންގެ މަރާއި ގުޅޭ ފޮޓޯތަށް އާންމުނުކުރާނެކަމަށް އޮބާމާ ހާމަކުރެއްވި ޙަބަރެވެ. އުސާމާގެ މަރާއި ގުޅިގެން ޓީވީން ނާއި ނޫސްތަކުން އާންމު ކުރި ތަސްވީރަކީ ފޭކް ތަސްވީރެއްކަމަށް ފަހުން ވަނީ އެމީހުން އެއްބަސްވެފައެވެ.

މިލިޔުމާއި ގުޅޭ އިތުރު މައުލޫމާތާއި ފޮޓޯ މެކަފީބްލޮގް އިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.