ސުވާލާއި ޖަވާބު ކާންފެށުމުގެ ކުރިން ބިސްމިކިޔަން ހަނދާން ނެތުން

ކާންފެށުމުގެ ކުރިން ބިސްމިކިޔަން ހަނދާން ނެތުން

ކާންފެށުމުގެ ކުރިން ބިސްމިކިޔަން ހަނދާން ނެތުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސުވާލު: ބިސްމި ނުކިޔާ ކާން އިނދެފައި ކަނިކޮށް ބިސްމި ނުކިޔާކަން ހަނދާންވުމުން ދެން ކިހިނެއްތޯ ހަދާނީ؟

ޖަވާބު:
لحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

އިމާމް ތިރްމިޒީ، އަބޫ ދާއޫދު އަދި އިބްން މާޖާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.

عن أُمُّ كُلْثُومٍ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا أَكَلَ أَحَدُكُمْ فَلْيَذْكُرْ اسْمَ اللَّهِ تَعَالَى فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ تَعَالَى فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ

މާނަ: މާތް ﷲ ރުއްސުންލެއްވި އުއްމްކުލްޘޫމް އަދި އައިޝާ ރަޟިޔަﷲ އަންހާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކު ކާން ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔާ ހުށިކަމެވެ. ކާންފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔަން ހަނދާންނެތި ނުކިއިއްޖެނަމަ (بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ) މިފަދައިން ކިޔާހުށި ކަމެވެ."

ولِمَا رَوَى عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ , فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : " يَا غُلَامُ : سَمِّ اللَّهَ , وَكُلْ بِيَمِينِك , وَكُلُّ مِمَّا يَلِيك "رواه البخاري ( 3576 ) ومسلم ( 2022)

މާތް ﷲ ރުއްސުންލެއްވި عُمَرُ بْنُ أَبِي سَلَمَةَ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ބެއްލެވުމުގެ ދަށުގައިވާ ކުޑަކުއްޖެއް ކަމުގައި ތިމަންނަ ވީމުއެވެ. ތިމަންނާގެ އަތް މުޅި ތަށިތެރޭގައި ހޭކެއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އޭ ދަރިފުޅާއެވެ. ކެއުމުގެ ކުރިން ﷲ ގެ އިސްމުފުޅުން ފަށާށެވެ. އަދި ދަރިފުޅުގެ ކަނާއަތުން ކާށެވެ. އަދި ދަރިފުޅާ ތަށީގެ އެންމެ ގާތުން ކާށެވެ."

والله أعلم

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.