ހަޔާތުން އެއްފަހަރު ނަމަވެސް، ފައިސާ ރައްކާކުރަންޖެހޭ ވަގުތެއް އަންނާނެއެވެ. ބައެއްމީހުން ދަރަނި ދައްކާ ހަލާސް ކުރުމުގެ ކުރިން ކުއްލިހާލަތަކަށް ޙައިރާތެއް ހަދަން ބޭނުންވާނެއެވެ. އަނެއްބައި މީހުން ވިއްސާރަ މޫސުމެއް އައުމުގެ ކުރިން އާ ވިއްސާރަ ހެދުމެއް ނުވަތަ ކުޑައެއް ހޯދާނެއެވެ. އަންނަނިވި ބައެއް ކަންކަމުގެ ސަބަބުން ފައިސާ އިތުރުވެދާނެއެވެ. ނުވަތަ ހަރަދު ކުޑަ ވެދާނެއެވެ.
އެއްޗެހި ވިއްކުން
ގޭގައި ބޭނުންނުކުރާ އެއްޗެއް ނުވަތަ ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް އޮންނައެއްޗަކީ ކައިރި މުސްތަޤުބަލެއްގައި ބޭނުން ނުކުރާނެ އެއްޗެއް ނަމަ ވިއްކާލާށެވެ. އަލުން ގަންނަންޖެހޭ ކަހަލަ އެއްޗެއް ވިއްކާލައިފިނަމަ ލިބޭފައިދާއަށްވުރެ ގެއްލުން ބޮޑަވާނެއެވެ. ގެ ކައިރީގައި ވިއްކާނެ ތަންކޮޅެއްހަދައިގެން ނޫންނަމަ ވެބްސައިޓެއްގެ ބޭނުންކޮށްގެން ވެސް ވިއްކިދާނެއެވެ. ވިއްކުމުގައި ބަލަންޖެހޭނީ އެއަށް އެކަށޭނެ އަގެއްގައި ވިއްކޭތޯއެވެ.
ވީހާވެސް ގިނައިން ގެއިން ކެއުން
ގެއިން ކެއުމަކީ ފައިސާ ރައްކާކުރުމަށް އެންމެ ފަސޭހަ އަދި އަވަސް ގޮތެވެ. ގޭގައި ކެއްކުމުން ބޭރުގައި އުޅެންޖެހޭ ވަގުތު ސަލާމަތްވެ ބޭރުން ކެއުމަށް ކުރާ އެހެނިހެން ޚަރަދު މަދުވެއެވެ. މާނައަކީ ގޭގައި ކައްކައިގެން ކެވޭ ކޮންމެ އެއްޗެއް ގޭގައި ކައްކައިގެން ކެއުމުން ފައިސާ ސަލާމަތްކުރެވެއެވެ.
މެންދުރުގެ ކެއުން އޮފީހަށް ގެނައުން
ދުވާލުގަޑީގައި މަސައްކަތް ކުރާނަމަ ގެއިން ބޭރުން ކާންޖެހިދާނެއެވެ. މިފަދަ ހާލަތެއްގައި އޮފީހުގައި ކެވެން ހުންނަނަމަ ކޮންމެ ދުވަހަކު އޮފީހުގައި ކެއުން ބުއްދިވެރިއެވެ. ސޭންޑްވިޗެއް ނުވަތަ މައިކްރޯވޭވް ކޮށްލެވޭ ކެއުމެއް ނުވަތަ ލުއިކެއުމެއް ގެނައުން ރަނގަޅެވެ.
ގިނަވަގުތު މަސައްކަތް ކުރުން
އިތުރަށް ފައިސާ ލިބޭނެ އަވަސްގޮތަކީ ގިނަވަގުތު މަސައްކަތް ކުރުމެވެ. އަދި އިތުރު ވަގުތުގައި މަސައްކަތްކުރަން ލިބޭނަމަ އެކަމާއި ކުރިމަތިލާށެވެ.
އިތުރު އެހެން ވަޒީފާއެއް އަދާކުރުން
މިހާރު އުޅޭވަޒީފާގެ އިތުރަށް އެހެން ވަޒީފާއެއް އަދާކުރުމަށް ފުރުސަތު ލިބިއްޖެ ނަމަ އެ ވަޒީފާއެއް އަދާކުރުމުން އިތުރަށް ފައިސާ ލިބޭނެއެވެ. ދާއިމީ ވަޒީފާތަކަށް ވުރެއް ބޮޑަށް ވަގުތީ ވަޒީފާތަކުން ލިބޭ މުސާރަ ބޮޑުވާނެއެވެ.
ގިނަމީހުން ވެގެން އެޕާޓްމަންޓެއް ކުއްޔަށް ހިފުން
މިކަމަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރެވޭނެ ގޮތެކެވެ. ކުލީގެ އިތުރަށް ކަރަންޓު ބިލާއި، ފެންބިލާއި އަދި ކޭބަލް ބިލު ބަހާލައިގެން އުޅެވިދާނެއެވެ. ނަމަވެސް ބައެއްކަންކަން ޤުރުބާން ކުރަންޖެހޭނެ އެވެ. ރަނގަޅު ބަޔަކު ދިގު މުއްދަތަކަށް ހޯދާށެވެ.
ކޭބަލް ބިލްތައް މަދުކުރުން
އިންޓަނެޓް ކޭބަލް ބިލް ނުވަތަ ޓީވީ ކޭބަލް ބިލް ތަކުގެ ޕެކޭޖްތައް މުތާލިއާކޮށް ދައްކުރެވޭތޯ ބަލާށެވެ.
އިންޓެރެސްޓް ނުހިމެނޭ މުއާމަލާތްތައް ކުރުން
ވީހާވެސް ބޮޑަށް ލޯނު ނެގުމުން ދުރުވުމާއި، އިންޓޯލްމެންޓަށް ތަކެތި ނެގުމުން ދުރުވުމާއި އަދި ރިބާ ހިމެނޭ މުއާމަލާތްތަކުން ދުރުވުމެވެ.
ބޭނުން ނުކުރާ އެއްޗެއްސަށް ދައްކާ ފީ ކެންސަލް ކުރުން
އިންޓަނެޓްގެ ސައިޓުތަކާއި، ކަސްރަތު ކުރާ ތަނާއި، ނޫސްތައް ބޭނުން ނުކުރާނަމަ، އެތަންތަނަށް ދައްކާ ފީ ކެންސަލް ކޮށްލާށެވެ. ބޭނުން ނުކުރާ ހިދުމަތެއް ނަމަ، އެކަމަށް ހަރަދު ކުރުމީ ބޭކާރު ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...