ޕްރޮސެކިޔުޓަރ ޖެނެރަލަށް އޮޑިޓަރ ޖެނެރަލް ގޯސްވެއްޖެ

ޕްރޮސެކިޔުޓަރ ޖެނެރަލަށް އޮޑިޓަރ ޖެނެރަލް ގޯސްވެއްޖެ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ޕީޕީއެމްގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ތުހުމަތު ކުރެވޭ 100 މިލިޔަނެއްހާ ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލަ ތަކެއް ފެންމަތި ކުރައްވައި އޮޑިޓަރ ޖެނެރަލް އޮޑިޓް ރިޕޯޓެއް ނެރުއްވުމުން ޕްރޮސެކިޔުޓަރ ޖެނެރަލަށް އޮޑިޓަރ ޖެނެރަލް ގޯސްވެއްޖެއެވެ.

މި މައްސަލާގައި ޕްރޮސެކިޔުޓަރ ޖެނެރަލް ސަން އޮންލައިނަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ އޮޑިޓަރ ޖެނެރަލްގެ މަޤާމުގެ ހައިސިއްޔަތާއިމެދު ސުވާލު ނުއުފައްދަވާ ކަމަށާއި، މި ހާލަތުގައި އެ ރިޕޯޓު ނެރުއްވުމުން، އެ ރިޕޯޓާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދާނެ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑުވާ ގޮތަށް އޮތް އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓާމެދު ސުވާލު އުފެދޭ ކަމަށް ޕީޖީ މުހުތާޒު ވިދާޅުވެފައި ވާއިރު، އޮޑިޓަރ ޖެނެރަލް މި މައްސަލަތައް ބައްލަވަން ފައްޓަވާފައި ވަނީ މީގެ އެތައް ދުވަހެއް ކުރިން ފެށިގެންކަން މި އޮޑިޓް ރިޕޯޓުން ހާމަވެއެވެ.

އަދި އޭގެ ފަހުން އޮޑިޓް އޮފީހުގެ ބަޖެޓް ކުޑަކުރުމުން ފެށިގެން އޮޑިޓަރ ޖެނެރަލަށް ދުއްތުރާ ކުރުމުގެ އެތައް ޢަމަލެއް މަޖިލީހާއި ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ވެސް ފެނިފައި ވާއިރު، އޮޑިޓަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްނުދީގެން މީރާ އާއި އެމްއެމްޕީއާރުސީއާއި ޓުއަރިޒަމް މިނިސްޓްރީ އަށް ފިޔަވަޅު އެޅުމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.

އެހެން ނަމަވެސް މިނިވަން މުސްތަޤިއްލު ޕީޖީގެ ބަސްމަގު މި މޭރުމުން ހުރުމުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށް ފިޔަވަޅެއް އަޅާނެ އިތުރު އެއްވެސް ފަރާތެއް ނެތްކަން މިހާރު މިވަނީ ރައްޔިތުންނާއި ހަމައަށް ތިލަވެފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.