ރާއްޖޭގެ ޚަބަރު ޝަހުމް އާއި ލުޠުފީގެ މަޢުލޫމާތުދޭ ފަރާތަކަށް 75000 ރ ސަރުކާރުން ހުށަހަޅައިފި

ޝަހުމް އާއި ލުޠުފީގެ މަޢުލޫމާތުދޭ ފަރާތަކަށް 75000 ރ ސަރުކާރުން ހުށަހަޅައިފި

ޝަހުމް އާއި ލުޠުފީގެ މަޢުލޫމާތުދޭ ފަރާތަކަށް 75000 ރ ސަރުކާރުން ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝަހުމް އާއި ލުޠުފީގެ މަޢުލޫމާތުދޭ ފަރާތަކަށް 75000 ރ ސަރުކާރުން ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށް މާފުށި ޖަލުން ފިލާފައިވާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ހިމެނޭ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކުރުމަށް އެއްބާރުލުންދޭ ފަރާތަކަށް 75000 ރުފިޔާ ދޭނެ ކަމަށް ހޯމް މިނިސްޓްރީން މިހާރު ވަނީ ޢާއްމުކޮށް އިއުލާނު ކޮށްފަ އެވެ.

ހޯމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ޖަލުން ފިލައިގެން އުޅޭ މީހުންތަކުގެ ތެރެއިން މިވަގުތަށް އެންމެ ނުރައްކާތެރީ ޝަހުމް އާއި ލުތުފީ ކަމަށެވެ.

ޝަހުމް އަކީ ދެ މީހަކު މަރާލާފައި ވާތީ ދައުލަތުން ދަޢުވާ ކުރާ މީހަކަށް ވާއިރު، ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުންނެވެ. ލުތުފީ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ސްރީލަންކާގައި އޭނާ އުޅެމުންދަނީ، ނަން ބަދަލުކޮށް ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށް މިނިސްޓްރީ އިން ކުރިން ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.