ރާއްޖޭގެ ޚަބަރު އިސްލާމިކް އޮންލައިން ޔުނިވަރސިޓީގެ ޑިގްރީ ކޯހުގެ އިމްތިޙާނު ރާއްޖޭގައި ފެށިއްޖެ

އިސްލާމިކް އޮންލައިން ޔުނިވަރސިޓީގެ ޑިގްރީ ކޯހުގެ އިމްތިޙާނު ރާއްޖޭގައި ފެށިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ޑިގްރީކޯހަކާއި އަދިވެސް އެނޫން ލެވެލްތަކުގެ ދީނީ އެކިދާއިރާތަކުގެ ކޯސްތައް "ކިޔަވައިދިނުން ހިލޭ" ހިންގާ، އޮންލައިން ޔުނިވަރސިޓީއެއް ކަމުގައިވާ އިސްލާމިކް އޮންލައިން ޔުނިވާރސިޓީގެ ބެޗިލަރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީސް ޑިގްރީކޯހުގެ މިޓާރމްގެ ފަހު އިމްތިޙާނު ރާއްޖޭގައިވެސް ކުރިޔަށް އެބަދެއެވެ.

ޖެނުވަރީ 28 ފެށިގެން 6 ފެބްރުއަރީގެ ނިޔަލަށް ކުރިޔަށްދާ މި އިމްތިޙާނުގައި، ތަފާތު އެތައް ޤަމެއްގައި އޮންލައިނުކޮށް އިމްތިޙާނު ބޭއްވޭ އިރު، އިސްލާމިކް އޮންލައިން ޔުނިވަރސިޓީން ހުއްދަލިބިފައިވާ ފަރާތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މި އިމްތިޙާނުތައް ބެލެހެއްޓުމާއި ޙަވާލުވެފައިވަނީ ޖަމްޢިއްޔަތުއްސަލަފް އާއެވެ.

އިންޓަނެޓް މެދުވެރިކޮށް (އޮންލައިންކޮށް) ކުރިޔަށްދާ މި އިމްތިޙާނުގައި ރާއްޖޭގެ 8 ދަރިވަރަކު މިފަހަރު ބައިވެރިވެއެވެ. އޭގެ ތެރެއިން 2 ދަރިވަރުންނަކީ ނައިފަރުގެ ދެކުދިންކަމުގައިވާތީ، އެކުދިން އިމްތިޙާނު ހަދަނީ ނައިފަރުގައި ތިބެގެންނެވެ.

އިސްލާމިކް އޮންލައިން ޔުނިވާރސިޓީގެ ބާނީއަކީ އަދި މިހާރުވެސް ހިނގުމާ ހަވާލުވެގެން ހުންނެވި އެޔުނިވާރސިޓީގެ ޑީން އަކީ މަޝްހޫރު ދާޢީ ޑރ.އަބޫ އަމީނާ ބިލާލް ފިލިޕްސްއެވެ. މިޔުނިވަރސިޓީގައި ހިންގާ ހުރިހާ ކޯސްތަކަކީވެސް ދަރިވަރުންނަށް މުޅިން ހިލޭ ކިޔަވައިދެވޭ ކޯސްތަކެކެވެ. އެކޯސްތަކުގެ ތެރޭގައި ކީރިތި ޤުރްއާނުގެ ޢިލްމާއި ގުޅުންހުރި ކޯސްތަކާއި، އިސްލާމީ ޢަޤީދާގެ އެކިއެކި ރޮނގުރޮނގުތަކާއި ގުޅުންހުރި ކޯސްތަކާއި، އިސްލާމީ ޘަޤާފަތާއި ދަޢުވަތުގެ ދާއިރާގެ ކޯސްތަކާއި، ޢަރަބި ބަސްކިޔަވައިދޭ ކޯސްތައްވެސް ހިމެނެއެވެ.

މިޔުނިވާރސިޓީއާ ބެހޭ އިތުރު މަޢުލޫމާތު ބެއްލެއްވުމަށް އިސްލާމިކް އޮންލައި ޔުނިވާރސިޓީގެ ސައިޓް ބައްލަވާލައްވާށެވެ.

ޓެގް

ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.