ރާއްޖޭގެ ޚަބަރު ރާއްޖޭގައި އިތުރުވަމުން އަންނަ ޙައްދުފަހަނަ އެޅި މުސްލިމުންގެ ސަބަބުން ސަރަޙައްދަށް ނުރައްކާވާތީ މަޝްވަރާ ކޮށްފި

ރާއްޖޭގައި އިތުރުވަމުން އަންނަ ޙައްދުފަހަނަ އެޅި މުސްލިމުންގެ ސަބަބުން ސަރަޙައްދަށް ނުރައްކާވާތީ މަޝްވަރާ ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގައި އިތުރުވަމުން އަންނަ ޙައްދުފަހަނަ އެޅި މުސްލިމުންގެ ސަބަބުން ސަރަޙައްދަުގެ ސަލާމަތަށް ނުރައްކާ ވަމުންދާތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިޔާގެ ވެރިކަން ކުރާ ބީޖޭޕީގެ ވެރިންނާ މަޝްވަރާ ކުރައްވައިފިއެވެ.

މީގެ އިތުރުން 2008 ވަނަ އަހަރު އިންޑިޔާގެ މުމްބާއީގައި 164 މީހުން މަރާލައި 308 މީހުން ޒަޚަމް ކޮށްލި ޓެރަރިސްޓް ހަމަލާގައި ދިވެހިން ބައިވެރިވެފައި ވާތީއާއި، ދިވެހި ސިފައިންގެ ތެރެއިން ތަމްރީނު ހޯދައިގެން ގޮސް ސީރިޔާގައި ހަނގުރާމަ ކުރަމުން ގެންދާ މައްސަލާގައި ވެސްބީޖޭޕީގެ ލީޑަރާއި އެކު ރައީސް ނަޝީދު މަޝްވަރާ ކުރެއްވި ކަމަށް ބީޖޭޕީގެ ލީޑަރު ޖޮލީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިންޑިޔާގެ ވެރިކަން ކުރާ ހަރުކަށި ހިންދޫ ޖަމާޢަތެއް ކަމަށްވާ ބީޖޭޕީގެ ލީޑަރު ވިޖޭ ޖޮލީގެ އަރިހަށް ރައީސް ނަޝީދު ވަޑައިގެން 45 މިނެޓު ވަންދެން ކުރެއްވި މަޝްވަރާ ތަކުގައި ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އިންޑިޔާގެ ބީޖޭޕީއާއި ގުޅިގެން ޕާޓީފެންވަރުގައި އިތުރަށް ގުޅުން ބަދަހި ކުރުމަށް ދެ ޕާޓީން އެއްބަސްވެފައި ވާކަމަށްވެސް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެެވެ.

ނަޝީދުގެ މި ވާހަކަ ތަކާއި ގުޅުވައިގެން ރާއްޖޭގައި ހަރުކަށި ޙައްދުފަހަނައެޅި މުސްލިމުން ގިނަވަމުން އައިސް ސަރަޙައްދަށް ނުރައްކާ ވެދާނެތީ އިންޑިޔާގެ އިސް އޮފިޝަލުންނާއި ބައެއް މީޑިޔާ ތަކުން ވަނީ ދިވެހި ރާއްޖެ އަކީ ޓެރަރިސްޓް ހާއްޔަކަށް ވުމަށް އިންޑިޔާއިން ދޫކޮށްލައިގެން ނުވާނެ ކަމަށާއި، އޭގެ ކުރިން މިކަން ހުއްޓުވަން ޖެހޭ ކަމަށްބުނެ އިންޒާރުތައްދީ ހަދާފައެވެ.

މިފަދަ ބައެއް ލިންކުތައް ތިރީގައި ނަކަލު ކޮށްލާފައި ވާނެއެވެ.

ދިވެހިރާއްޖެއިން އައި ބޮންގޮއްވާ މީހުން . . .

އިސްލާމް އަދި ފަލަސްޠީނުގެ ނަމުގައި ރާއްޖެ އެއްބައވަންތަ ވަނީ . . .

ޖިހާދުކުރާ މުޖާހިދުންގެ މައި މަރުކަޒަށް ރާއްޖެ ވަނީބާ؟ ؟ ؟

މިނޫނަސް މިފަދަ ކިތަންމެ ޚަބަރު ތަކެއް ދިވެހިންނާއި ދެކޮޅަށް ނަޝީދުގެ ވާހަކަ ތަކަށް ފަހު އިންޑިޔާގެ މީޑިޔާތަކުން ގެންދަނީ ފަތުރަމުންނެވެ. އަދި މިފަދަ ބައެއް ޚަބަރު ތަކަށް ކޮށްފައި ހުރި ކޮމެންޓް ތަކުގައި ދިވެހި ރާއްޖެ އަކީ އިންޑިޔާގެ ބައެއް ކަމަށާއި، ބާރުގެ ބޭނުން ކޮށްގެން ރާއްޖެ ހިފަންވެސް ބައެއް މީހުން ގޮވާލާފައި ވެއެވެ.

އެހެން ކަމުން އިންޑިޔާގައި މިހާރު ވެރިކަން ކުރަމުން ގެންދާ ޙައްދު ފަހަނަ އަޅާފައިވާ ހަރުކަށި ހިންދޫ ޕާޓީ ބީޖޭޕީން ކުރިޔަށް އޮތް ތަނުގައި ދިވެހި ރާއްޖެއަށް އިތުރު ހަރުކަށިކަން ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.