ޣައްޒާ ފަންޑަށް ފައިސާ ހޯދުމަށް މީޑިޔާ ތަކުން އިސްނަގައިގެން ބާއްވާ ޓެލެޠޯން މިއަދު މެންދުރުފަހު 1430 ގައި ފެށުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް މި ޓެލެޠޯން އިންތިޒާމް ކުރާ ފަރާތްތަކުން ބުނީ 33.3 ގަޑިއިރަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ޓެލެތޯން މިއަދު މެންދުރުފަހު ފެށޭއިރު ދައުލަތުގެ ބައެއް ބޮޑެތި ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނި އަދި ޖަމާއަތްތަކުން ވެސް ޓެލެތޯނަށް އެހީތެރިވަމުން އަންނަ ކަމަށެވެ.
މިއަދު މެންދުރު ފަހު 2:30 އިން ފެށިގެން ކުރިއަށް ގެންދާ މީޑިޔާ ޓެލެތޯން މާދަމާރޭ 12:00 ހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވާކަމަށާއި، މި ޓެލެޠޯނުގައި މީޑިޔާ ތަކުން ބައިވެރިވަނީ ހިލޭ ސާބަހަށް ކަމުގައިވެސް މިކަން އިންތިޒާމް ކުރާ ފަރާތްތަތަކުން ވަނީ ހާމަކޮށްފައެވެ.
ދިވެހި ރާއްޖޭގެ މީޑިޔާގެ ފަރާތްތަކުންގުޅިގެން ކުރިޔަށް ގެންދާ މި ޓެލެތޯނު ބާއްވަނީ ފަލަސްޠީނުގެ ޣައްޒާގައި އެމެރިކާގެ އެހީތެރި ކަމާއި އެކު ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ހިންގި ޤަޠުލު ޢާއްމުގައި އަނިޔާލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ޢަދާލަތު ޕާޓީން ހުޅުވި ފަންޑާއި ގުޅިގެން ކަމަށް ދެފަރާތުން ވެސް ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...