ރާއްޖޭގެ ޚަބަރު މާރާމާރީތަކާ ގުޅިގެން ކުރީރޭ ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

މާރާމާރީތަކާ ގުޅިގެން ކުރީރޭ ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

މާރާމާރީތަކާ ގުޅިގެން ކުރީރޭ ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިހާރު މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން އިއްޔެރޭ ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްފި އެވެ.

އިއްޔެރޭ ދެ ގެއެއް ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 5 މީހުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

އިއްޔެރޭ 23:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މ. ބަނގުފަޑިއްގޭގެ ފުރަތަމަ ފަންގިފިލާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ތޫނު ހަތިޔާރާއި މަސްުތުވާތަކެތި ކަމަށް ބެލެޥޭ އެއްޗެއްހުރި ރަބަރު ޕެެކެޓަކާއެކު ހައްޔަރުކުރީ ތަފާތު މައްސަލަތަކުގެ ރެކޯޑް އޮންނަ 4 ދިވެހި ފިރިހެނުންނެވެ.

އެ މީހުން އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓާއި ބޮޑު ދެ ކަތިވަޅީގެ އިތުރުން މޫނު ނިވާކުރަން ބޭނުންކުރާ 4 ހުޑްވެސް ފެނިފައިވެއެވެ.
އޭގެ އިތުރުން މ. އަޒުމާ ކިޔާ ގެއެއް ރޭ އިރާކޮޅު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ މީހާވެސް ވަނީ މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަތައް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުމާއި ނުތަނަވަސްކަން ނައްތާލައި މާރާމާރީތައް ހުއްޓުވުމަށް މިހާރު މާލޭގައި ފަށާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ކަމެއްނެތި މަގުމަތީގައި ތިބޭ ބައެއް މީހުންނާ ސުވާލުކޮށް ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓުގެ ފުލުހުންނާއި މާލޭ ސިޓީގެ ފުލުހުންނާއި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެންމަސައްކަތް ކުރަމުން ގެންދާނެ ކަމަށް ފުލުސް އޮފީހުން ވިދާޅުވެފައި ވެއެވެ.

މިއާއިއެކު މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެތެރެ ބެލެހެއްޓުމުގެ މަސައްކަތްވެސް ފުލުހުން ވަނީ އިތުރު ކައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.