ރާއްޖޭގެ ޚަބަރު ޑެންގޫ ޖެހިގެން ޙާލުދެރަވި ކުޑަކުއްޖަކު ދ އަތޮޅުން މާލެ ގެނެސްފި

ޑެންގޫ ޖެހިގެން ޙާލުދެރަވި ކުޑަކުއްޖަކު ދ އަތޮޅުން މާލެ ގެނެސްފި

ޑެންގޫ ޖެހިގެން ޙާލުދެރަވި ކުޑަކުއްޖަކު ދ އަތޮޅުން މާލެ ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑެންގޫ ޖެހިގެން ޙާލުދެރަވި ކުޑަކުއްޖަކު ދ އަތޮޅުން މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނޫ ދ ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ކުޑަކުއްޖާ މާލެ ގެނެސްދީފައި ވަނީ ސީއެމްބިއުލާންސްގައި ކަމަށެވެ.

ރޭ 01:30 ހާއިރު މާލެ ގެނެސްފައިވަނީ ދ.ކުޑަހުވަދޫ ނިއުވިލް އުމުރުން 11 އަހަރުގެ އިބްރާހީމް ހާއިޝް މުޙައްމަދެވެ.

އިބްރާހީމް ހާއިޝް ސީއެމްބިއުލާންސްގައި މާލެ ގެނެސްފައިވަނީ ޑެންގީ ހުން ޖެހިގެން ދ.އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވުމާއި ގުޅިގެންނެވެ.

ދ.އަތޮޅު ހޮސްޕިޓަލުގެ އެދިލެއްވުމަކަށް މިކުއްޖާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށްވަނީ ގެންދެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.