ރާއްޖޭގެ ޚަބަރު މައުމޫނާއި ކާނަލް ޑީއާރުޕީގެ ކުރިމަގާއި މެދު މަޝްވަރާ ނުކުރޭ: ޕީޕީއެމް

މައުމޫނާއި ކާނަލް ޑީއާރުޕީގެ ކުރިމަގާއި މެދު މަޝްވަރާ ނުކުރޭ: ޕީޕީއެމް

މައުމޫނާއި ކާނަލް ޑީއާރުޕީގެ ކުރިމަގާއި މެދު މަޝްވަރާ ނުކުރޭ: ޕީޕީއެމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް މައުމޫން އަބުދުލްޤައްޔޫމް އާއި ޑީއާރުޕީގެ ލީޑަރު ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ދެބޭފުޅުން ޑީއާރުޕީގެ ކުރިމަގާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފި ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ފެތުރި ޚަބަރު ޕީޕީއެމުން ދޮގު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން “ވަގުތު” ނޫހަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޠޮލާލް ވިދާޅުވެފައި ވަނީ ރ.ކަނިފުށި ރިސޯޓްގައި ކާނަލް އާއި ރައީސް މައުމޫން ބައްދަލުކޮށް ޑީއާރުޕީގެ ކުރިމަގާއި ބެހޭ ގޮތުން ދިގު މަޝްވަރާތަކެއް ކުރި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ޚަބަރެއް ކަމަށެވެ.

“ރައީސް މައުމޫން ޗުއްޓީ ހޭދަކުރަށްވަން އެރިސޯޓަށް ވަޑައިގެންނެވީ. އެރިސޯޓަށް ރައީސް މައުމޫން ވަޑައިގެންނެވި އިރު ކާނަލް ވެސް އުޅުއްވި އެރިސޯޓްގައި. ސަލާމް ކޮށްލަށްވާ ހާލު އަހުވާލު އަހާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ހިނގާފައެއް ނުވޭ. ހަވީރުގައި އޮތް އާޓިކަލް އަކީ ކަނޑައެޅިގެން ދޮގެއް.” ޠޮލާލް ވިދާޅުވިއެވެ.

ޠޮލާލް ވިދާޅުވީ ޑީއާރުޕީ އަދި ޕީޕީއެމް އާއި ބެހޭ ގޮތުން ނުވަތަ ސިޔާސީ އެއްވެސް ކަމަކާއި ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ރައީސް މައުމޫނާއި ކާނަލް އާއި ދެމެދު ކޮށްފައި ނުވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.