ތުލުސްދޫގައި ވަޅިއަކުން ޙަމަލާދީ މީހަކު މަރާލައިފިއެވެ.
ރޭ ތުލުސްދޫގައި ވަޅިން ޙަމަލާދީ މަރާލާފައި ވަނީ ތުލުސްދޫގައި މީހަކާއި އިނދެގެން ދިރިއުޅެމުން ގެންދާ ތ.ކިނބިދޫ މީހެއް ކަމަށްވާ އުމުރުން 35 އަހަރުގެ އަލީ ޝީޔާމެވެ.
ޝިޔާމް މަރާލާފައި ވަނީ އޭނާގެ ގޭގެ ދޮރުމަތީގައި އޮތް ހުސް ބިމެއްގައި ހުރި ޖޯލި ފައްޗެއްގައި އޮށޯވެގެން އޮއްވާ ކަމަށާއި، މި ޙަމަލާ ދިނުމަށް ފަހު ޤާޠިލު އަމިއްލައަށް ފުލުހުންނާއި ހަވާލުވެފައިވާ ކަމަށް ތުލުސްދޫގެ ބައެއް ރައްޔިތުން ބުނެފައި ވެއެވެ.
މި ޤަޠުލާއި ގުޅުން ހުރި އިތުރު މީހަކު ވެސް ފުލުހުން ހައްޔަރު ކޮށްފައި ވާކަމަށް ރަށުތެރެއިން މަޢުލޫމާތު ލިބުނު ނަމަވެސް ފުލުހުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ފުލުހުންގެ ޚާއްޞަ ޓީމަކުން މި މައްސަލަ މިހާރު ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
އަމަން އަމާން ކަމުގައި ދުވަސްތަކެއް ފާއިތު ވުމަށްފަހު ފަހަކަށް އައިސް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އަނެއްކާވެސް އަންނަނީ މާރާމާރީގެ ބޮޑެތި މައްސަލަ ތަކެއް ފެންމަތި ވަމުންނެވެ.
މީގެ ތެރޭގައި ފަހަކަށް އައިސް މާލެ ތެރޭގައި ގިނަވަމުން އަންނަ ވަޅިން ޙަމަލާ ދިނުމުގެ ސަޤާފަތް ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...