ރާއްޖޭގެ ޚަބަރު އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުން މަނަލެއް ނޫން ؟

އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުން މަނަލެއް ނޫން ؟

އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުން މަނަލެއް ނޫން ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް އޮފީހުގެ އިސް އޮފިޝަލެއް ކަމަށްވާ މުޙައްމަދު ޙުޞައިން ޝަރީފް ވިދާޅުވީ، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުން މިހާތަނަށް ސަރުކާރުން މަނާކޮށްފައި ނުވާ ކަމަށާއި، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުމަށް ހުރަހެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލު ތަކުގެ ސަބަބުން ދިވެހިންގެ ހިތްހަމަ ނުޖެހުން އިޒްރޭލާއި މެދު އޮތް ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެފައި ވާއިރު، ސަރުކާރު ހިންގާ ޕީޕީއެމްއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވެސް ދާދި ފަހުން ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ދުވަހަކުވެސް ރާއްޖެ އެތެރެ ނުވެވޭގޮތް ހެދުމަށް ގޮވާލައްވާފައެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނީ، އިސްރާއީލް އަށް ނިސްބަތްވާ މީހުން ނުވަތަ އިސްރާއީލްގެ ޕާސްޕޯޓް ގެންގުޅޭ ހުރިހާ މީހުން ރާއްޖެ އެތެރެވުން ދިވެހި ސަރުކާރުން މަނާކުރަން ޖެހޭނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.