ރާއްޖޭގެ ޚަބަރު ފުލުހުންނާއި ރައްޔިތުންނަކީ އެއްބައެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

ފުލުހުންނާއި ރައްޔިތުންނަކީ އެއްބައެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

ފުލުހުންނާއި ރައްޔިތުންނަކީ އެއްބައެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހުންނާއި ރައްޔިތުންނަކީ އެއްބައެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިހެން ވިދާޅުވީ ޕޮލިސް މެމޯރިއަލް ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގައި ޥާހަކަފުޅު ދައްކަވަމުންނެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، ފުލުހުން އުފެދިގެން އަންނަނީ ދިވެހި ރައްޔިތުންގެ ތެރެއިން ކަމަށާއި އެހެންކަމުން ފުލުހުންނާއި ރައްޔިތުންނަކީ އެއްބައެއް ކަމަށާއި ހަމައެކަނި ތަފާތުވަނީ ޒިންމާއާއި މަސްޢޫލިއްޔަތު ނުވަތަ ޤާނޫނީ ޙައިސިއްޔަތުކަމަށެވެ.

ފުލުހުންގެ ޒިންމާއާއި މަޞްޢޫލިއްޔަތާއި ޤާނޫނީ ހާއިސިއްޔަތުގެ މާނައާމެދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަނެކާއަށް ފުރާނައިގެ ގޮތުންނާއި މުދަލުގެ ގޮތުންނާއި އަދިވެސް އެހެން ގޮތްގޮތުންވެސް ރައްކާތެެރިކަން ހޯދައިދިނުމަކީ ކޮންމެ އަމިއްލަ ފަރުދެއްގެވެސް ޒިންމާއެއް ކަމަށާއި އަދި އެފަދަ ކަމެއް ހިނގާނަމަ އެކަމެއް ހުއްޓުވަން މަސައްކަތް ކުރުމަކީވެސް އަމިއްލަ ފަރުދެއްގެ މައްޗަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި ނަމަވެސް ފުލުހުންނަށް އެއީ ޤާނޫނީ ވާޖިބެއް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.