ރާއްޖޭގެ ޚަބަރު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި މީހަކު ބާރަށުން ފުލުހުން ހައްޔަރު ކޮށްފި

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި މީހަކު ބާރަށުން ފުލުހުން ހައްޔަރު ކޮށްފި

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި މީހަކު ބާރަށުން ފުލުހުން ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަމަލުތައް ބަހައްޓަމުންދިޔަ މީހަކު ހއ. ބާރަށުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ގޭގޭ ފުރާޅަށް ގައު އުކާ ރަށުގެ މަގުތަކުގައި ހުރި ބައްތިތަކަށް ގެއްލުންދީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ފުޅި ގޮއްވާކަމުގެ ޝަކުވާތައް ލިބެމުންދިއުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖުލައި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރޭގައި ފުޅި ގޮއްވުމުގައި ހަރަކާތްތެރިވަމުންދަނިކޮށް މަޑުކުރަން އެންގުމުން މަޑުނުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލައިގެން އުޅެނިކޮށެވެ.
މި މައްސަލާގައި ހައްޔަރުކޮފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ .
މި މައްސަލަ ހއ. ބާރަށު ޕޮލިސް ސްޓޭޝަނާއި ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަހުޤީޤް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.