ރާއްޖޭގެ ޚަބަރު ރާއްޖޭގެ ބިންތަކާއި ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދަނީ

ރާއްޖޭގެ ބިންތަކާއި ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދަނީ

ރާއްޖޭގެ ބިންތަކާއި ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ރައްޔިތުންނާއި ކައުންސިލް ތަކުގެ ބެލުމުގެ ދަށުގައި ހުރި ބިންތަކާއި ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް މަގުފަހިކުރާ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރާއްޖޭގެ ހުރިހާ ބިންތަކާއި ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހާއި ގުޅޭގިތުން ރިޔާޒު ވިދާޅުވީ މިފަދަ އިސްލާޙެއް އޭނާ ހުށަހެޅުއްވީ، ދައުލަތުގެ ހުރިހާ ބިންތައް އޮންނަން ވާނީ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ސަރުކަރަށް ފެންނާތީ އާއި، މުއައްސަސާއަކަށް ބިމުގެ މިލްކުވެރިކަން އޮތުމަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ރިޔާޒު ހުށަހަޅުއްވާފައިވާ އިސްލާހު ތަކުގައި ވާގޮތުން ލޯކަލް ކައުންސިލްތަކަށް ބިމާ ބެހޭ އެއްވެސް މުޢާމަލާތެއް ހިންގުމުގެ ބާރެއް ނޯންނައިރު، ލޯކަލް ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި މިހާރު ހުރި ހުރިހާ ބިމެއް ސަރުކާރުގެ ބިމާ ބެހޭ ވުޒާރާ ނުވަތަ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެއްވެސް ކައުންސިލަކަށް އެއްވެސް ބިމެއް ކުއްޔައްދީ ނުވަތަ ވިއްކައި ހެދުމުގެ އެއްވެސް ބާރެއް ލޯކަލް ކައުންސިލްތަކަށް ނޯންނާނެ ކަމަށް ވެސް ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާޙުގައި ބުނެފައި ވާއިރު،
” ގާނޫނުގެ ބޭނުމަށް މި ގާނުނު ތަސްދީގު ކުރާ ދުވަހުން ފެށިގެން ކައުންސިލްތަކުން ކުއްޔަށްދީފައިވާ ބިންބިމާއި ފަޅުރަށްތައް ބިމާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރެވޭނެ “ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.