ރާއްޖޭގެ ޚަބަރު އިޒްރާހެލުން ޣައްޒާގައި ހިންގާ ޤަޠުލު ޢާއްމު ތަޙުޤީޤު ކުރަން އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ފާސްކޮށްފި

އިޒްރާހެލުން ޣައްޒާގައި ހިންގާ ޤަޠުލު ޢާއްމު ތަޙުޤީޤު ކުރަން އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ފާސްކޮށްފި

އިޒްރާހެލުން ޣައްޒާގައި ހިންގާ ޤަޠުލު ޢާއްމު ތަޙުޤީޤު ކުރަން އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޒްރާހެލުން ޣައްޒާގައި ހިންގާ ޤަޠުލު ޢާއްމު ތަޙުޤީޤު ކުރަން ދިވެހިން ދިން ވޯޓާއި އެކު އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ފާސްކޮށްފިއެވެ.
ރޭ ޖެނީވާގައި ހުންނަ އދ ގެ އިންސާނީ ޙައްޤު ތަކާއި ބެހޭ މައި މަރުކަޒުގައި ބޭއްވި ކުއްލި ބައްދަލުވުމުގައި އިޒްރޭލުގެ އަނިޔާވެރިކަން ތަޙުޤީޤު ކުރުމަށް ފާސްކޮށްފައި ވަނީ ބައްދަލުވުމަށް އެވަގުތު ޙާޒިރުވެ ތިބި 30 ޤައުމުގެ ތެރެއިން ދިވެހި ރާއްޖެ އާއި އެކު 29 ޤައުމަކުން ވޯޓު ދީގެންނެވެ.
އިޒްރޭލުގެ އަނިޔާވެރި ޤަތުލު ޢާއްމުތައް ތަޙުޤީޤު ކުރުމަށް ދެކޮޅު ހަދާފައިވާ ހަމަ އެކަނި ޤައުމަކީ ޔަހޫދީން ޙިމާޔަތް ކޮށްދިނުމުގެ މަސައްކަތުގައި އަބަދުވެސް ފޫގަޅައިގެން އޮންނަ ޔަހޫދީންގެ ބާރުގަދަ އެމެރިކާ އެކަންޏެވެ.
ފަލަސްޠީނުން ހުށަހެޅި މި މައްސަލާގައި ފަލަސްޠޯީނަސް ތާއީދު ކުރީ ރާއްޖޭގެ އިތުރުން ޕާކިސްތާނާއި، ފިލިޕީންސާއި، ޕެރޫ އާއި، ރަޝިޔާ އާއި، ސިއެރެލިއޯނާއި، ސަޢޫދީޢަރަބިއްޔާ އާއި، ދެކުނު އެފްރިކާ އާއި އެމިރޭޓްސް އާއި، ވެނެޒުއޭލާ އާއި، ވިއެޓްނާމާއި، އިންޑިޔާ އާއި، އިންޑެނޭޝިޔާ އާއި، ކަޒަކިސްޠާނާއި، ކެންޔާ އާއި، ކުވައިތާއި، މެކްސިކޯ އާއި، މޮރޯކޯ އާއި، ނެމްބިޔާ އާއި، އާޖެންޓީނާ އާއި، އަލްޖީރިޔާ އާއި، ބްރެޒީލާއި، ޗިލީ އާއި، ޗައިނާ އާއި ކޮންގޯ އާއި ކޮސްޓަރިކާ އާއި، އައިވަރީކޯސްޓާއި، އިތިއޯޕިޔާގެ އިތުރުން ކިޔުބާއިންނެވެ.
ޔަހޫދީންނަށް ކެނޑިނޭޅި ތާއީދުކުރާ ޖަރުމަނާއި އިނގިރޭސިންނާއި ދެކުނު ކޮރެޔާ އަދި އޮސްޓްރޭލިޔާ ފަދަ ޤައުމު ތަކަށް މި ބައްދަލުވުމަށް ޙާޒިރުވާންވެސް ނުކެރުނެވެ.
ރޭ އދގެ އިންސާނީ ޙައްޤު ތަކާއި ބެހޭ ޖަމިއްޔާއިން ޔަހޫދީން ހިންގަމުން ގެންދާ ޤަޠުލު ޢާއްމު ތައް ތަހުޤީޤު ކުރަން ނިންމާނެ ކަން ޔަޤީން ވާތީ އެމެރިކާގެ އެކުވެރި ޔޫރަޕުގެ އިއްތިޙާދުގެ ބައެއް ޤައުމު ތަކާއި އެކު 17 ޤައުމަކުން މި ބައްދަލުވުމަށް ޙާޒިރު ވެފައެއް ނުވެއެވެ.
ރޭ ފާސްކުރި ޤަރާރުގައި ބުނާގޮތުން ޔަހޫދީ އިސްރާހެލުން ފަލަސްޠީނާއި ޣައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރި ޤަޠުލު ޢާއްމުތައް ބަލައި ތަޙުޤީޤު ކުރުމަށް ވީ އެންމެ އަވަހަކަށް މިނިވަން މުސްތަޤިއްލު ކޮމިޝަނެއް އުފައްދައި މިކަންކަން ބަލައި ތަޙުޤީޤު ކުރާން ޖެހެއެވެ.
ރޭ ބޭއްވި ބައްދަލު ވުމަށް ޔޫރަޕް ގިނަ ޤައުމު ތަކުން އައިސްފައި ނުވަނީ ޔޫރަޕުގެ ގިނަ ޤައުމު ތަކުގެ ސަރުކާރު ތަކުން ޔަހޫދީންގެ ޤަޠުލު ޢާއްމަށް ހިއްވަރު ދެމުން ގެންދާތީ އެފަދަ ބައެއް ޤައުމު ތަކުގެ ޢާއްމު ރައްޔިތުން ޔަހޫދީ އިސްރާހެލް އާއި ދެކޮޅަށް ފަލަސްޠީނަށް ތާއީދު ކޮށް މުޒާހަރާ ކުރަމުން ގެންދާތީ ކަމަށް ބެލެވެއެވެ.
ރޭގެ ބައްދަލު ވުމުގައި ދުނިޔޭގެ ސުޕަ ޕަވަރު ކަމަށް ދަޢުވާ ކުރާ އެމެރިކާ އެކަނި އޮވެ ހުތުރު ގޮތަކަށް ނާކާމިޔާބު ވެގެން ނުކުންނަން ޖެހުނު އިރު ދިވެހި ރާއްޖެ ފަދަ ކުޑަކުޑަ ޤައުމަކުން މިއީ އެމެރިކާގެ މޫނުމަތީ ޖެހި ތަފާލެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.